ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ހަތަރުވަނަ ބުރަށް ބައިވެރިން ހޮވުމަށް ބޭއްވި އިންޓަވިއު ޕްރޮސެސް ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ހަތަރުވަނަ ބުރަށް ބައިވެރިން ހޮވުމަށް ބޭއްވި އިންޓަވިއު ޕްރޮސެސް ނިންމާލައިފި

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ހަތަރުވަނަ ބުރަށް ބައިވެރިން ހޮވުމަށްޓަކައި މާލެ ސަރަހައްދުގައި ކުރިއަށްގެންދިޔަ އިންޓަވިއު ކުރުމުގެ މަރުހަލާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ބެޗަށް ބައިވެރިން ހޮވުމަށް މާލެ ސަރަހައްދުގައި އިންޓަވިއުތައް ކުރިއަށްގެންގޮސްފައިވަނީ މިދިޔަ އާދިއްތަ އަދި ހޯމަ ދުވަހުއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިފަހަރުގެ ނެޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގެ ހަތަރުވަނަ ބެޗުގައި ފުރުޞަތު ދީފައިވަނީ ޚާއްޞަ އިސްކަމެއްގެ ދަށުންނެވެ. އެގޮތުން މި ބުރުގައި ފުރުޞަތު ދީފައިވަނީ 3 ވަނަ ބެޗަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ޖާގަ ނުލިބުނު ކުދިންނަށް ކަމަށް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދެއެވެ.

މި ބެޗަށް ބައިވެރިން ހޮވުމުގެ މަރުހަލާގައި ތަފާތު އެކި ޓެސްޓުތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އިންޓަވިއުއާއި، މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ބައިވެރިންގެ ހަށިހެޔޮކަން ދެނެގަތުމަށް ބާއްވާ ފިޓްނަސް ޓެސްޓްތައް ވެސް ހިމެނެއެވެ.

މާލެ ސަރަހައްދުގެ އިންޓަވިއު ޕްރޮސެސް ނިމުނު ނަމަވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. އެގޮތުން ރާއްޖޭގެ އިތުރު 12 ސަރަހައްދެއްގައި ބައިވެރިން ހޮވުމުގެ އިންޓަވިއުތައް ކުރިއަށްގެންދިއުމަށް ވަނީ ތާވަލުކުރެވިފައެވެ.

މިއަދު އޮންލައިން