ދުނިޔެ ބޭނުންވެގެން ތެޅިފޮޅެމުން އަންނައިރު ދުނިޔެއާމެދު އޮތް ﷲ ތަޢާލާގެ މިވަޙީބަސްފުޅަށް އެންމެ ފަހަރަކުނަމަވެސް ވިސްނާލުން ކިއެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
ދުނިޔެ ބޭނުންވެގެން
ތެޅިފޮޅެމުން އަންނައިރު ދުނިޔެއާމެދު އޮތް ﷲ ތަޢާލާގެ މިވަޙީބަސްފުޅަށް އެންމެ
ފަހަރަކުނަމަވެސް ވިސްނާލުން ކިއެއްތަ؟

މިއަދު މީހެއްގެ

ގާތުގައި އޭނާ އެންމެ އެދޭކަމެއްގެ ޥާހަކައިން ސުވާލުކޮށްފިނަމަ އެއީ އާޚިރަތް ކާމިޔާބުވުން ކަމަށް ބުނާނީ ހާހަކުން މީހެކެވެ. އެހައިވެސް މަދު މީހެކެވެ. އެހެން އެންމެން ބުނާނީ ދުނިޔެއިން ޙާޞިލްކުރަން ބޭނުންވެގެން ހުރި ކަމެއްގެ ވާހަކައެވެ. މީސްތަކުން މިއަދު މިވަނީ އެހާބޮޑަށް ދުނިޔެއަށް ދަހިވެތިކަން ބޮޑުވެފައެވެ.

"ތިއަބައިމީހުން ދަންނާށެވެ! ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ކުޅިވަރެއް ކަމުގައެވެ. އަދި މަޖަލެއް ކަމުގައެވެ. އަދި ޒީނަތެއް ކަމުގައެވެ. އަދި ތިއަބައިމީހުންގެ މެދުގައި އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެގަތުމެއް ކަމުގައެވެ. އަދި މުދާތަކާއި، ދަރިންތަކާމެދު، އެކަކު އަނެކަކަށްވުރެ ގިނަކަމަށްބުނެ މޮޅުވާހަކަ ދެއްކުމެއް ކަމުގައެވެ. ވާރޭފެނެއްގެ މިސާލުގައެވެ. އެ ފެނުން ފެންލިބިގެން ފެޅި ގަސްތަކެއް، ދަނޑުވެރިން ޢަޖާއިބް ކޮށްފައިވެއެވެ. ދެން އެ ގަސްތައް ހިކިދެއެވެ. ދެން އެ ގަހުގެ ފަތްތައް ރީނދޫވެފައި ވަނިކޮށް ތިބާއަށް ފެންނާނެތެވެ. ދެން އެ ހިކި ހުއިތަކަކަށް ވެދެއެވެ. އަދި އާޚިރަތުގައި ވަނީ، ގަދަފަދަވެގެންވާ ޢަޛާބެވެ. އަދި ﷲ ގެ ޙަޟްރަތުން ލިބޭ ފާފަފުއްސެވުމަކާއި، ރުއްސެވުމެކެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެތެވެ." (އަލްޙަދީދް: 20)

އާޔަތް ފަށްޓަވާފައިވެސް އެވަނީ މިކަންކަން އެނގުމަށް އަމުރުފުޅު ކުރައްވަވަމުންނެވެ. އެއަށްފަހު ދުނިޔޭގެ ދިރިއުޅޚުމުގައި ހުރި ކަންކަން އެވަނީ ބަޔާންކޮށް ދެއްވަވައިފައެވެ. ތިއަބައިމީހުން ދަންނާށެވެ! ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ކުޅިވަރެއް ކަމުގައެވެ. އަދި މަޖަލެއް ކަމުގައެވެ. އަދި ޒީނަތެއް ކަމުގައެވެ. އަދި ތިއަބައިމީހުންގެ މެދުގައި އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެގަތުމެއް ކަމުގައެވެ. އަދި މުދާތަކާއި، ދަރިންތަކާމެދު، އެކަކު އަނެކަކަށްވުރެ ގިނަކަމަށްބުނެ މޮޅުވާހަކަ ދެއްކުމެއް ކަމުގައެވެ."

އެއަށްފަހު ބަޔާންކުރައްވަވާފައި އެވަނީ ދުނިޔޭގެ އެދުމަށް ގޮސް ހުސްވެފައި ތިއްބައި ދެން ކަންކަން ކުރިމަތިވާ ގޮތެވެ. " ވާރޭފެނެއްގެ މިސާލުގައެވެ. އެ ފެނުން ފެންލިބިގެން ފެޅި ގަސްތަކެއް، ދަނޑުވެރިން ޢަޖާއިބް ކޮށްފައިވެއެވެ. ދެން އެ ގަސްތައް ހިކިދެއެވެ. ދެން އެ ގަހުގެ ފަތްތައް ރީނދޫވެފައި ވަނިކޮށް ތިބާއަށް ފެންނާނެތެވެ. ދެން އެ ހިކި ހުއިތަކަކަށް ވެދެއެވެ."

ދެން ބަޔާން ކުރައްވަވާފައި އެވަނީ އާޚިރަތަށް އިހްމާލްވެ ދުނިޔެ ހޯދަން މަސައްކަތްކުރާ މީހުންނަށް ކުރިމަތިވާނެ ބިރުވެރި އަދި ނިކަމެތި ޙާލަތެވެ. "އަދި އާޚިރަތުގައި ވަނީ، ގަދަފަދަވެގެންވާ ޢަޛާބެވެ. އަދި ﷲ ގެ ޙަޟްރަތުން ލިބޭ ފާފަފުއްސެވުމަކާއި، ރުއްސެވުމެކެވެ." އެނގިގެން މިދަނީ އެފަދަ މީހުންނަށް އާޚިރަތުގައިވަނީ ގަދަފަދަ ޢަޛާބުކަމެވެ. އާޚިރަތް ދުވަހު ސަލާމަތްކަން ލިބެން އޮތީ ﷲ ތައާލާގެ ޙަޟްރަތުން ފާފަފުއްސެވުމާއި ރުއްސެވުން ލިބިުނު މީހަކަށް ކަމެވެ.

ދުނިޔޭގެ ދިރިއުޅުމުގެ ޙަޤީޤަތް ވެސް މިވަނީ ބަޔާންކޮށް ދެއްވަވައިފައެވެ. ދުނިޔޭގެ ދިރިއުޅުމަކީ "ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެތެވެ." އޮތުމުން ވިސްނާ މީހަކަށް ފުދި އިތުރުވެސް ވާނެއެވެ.

މީސްތަކުންނޭވެ! އާޚިރަތް ދުވަސް ގެއްލި ޢަޛާބާއި ކުރިމަތިލާން ޖެހެނީ މިހުރިހާ އިންޒާރުތަކާއި ނަޞޭޙަތްފުޅުތައް ދެއްވަވާފައިވާ އިރުވެސް އެކަންކަމަށް ވިސްނާ ނުލައި ޣާފިލުވުމުންނެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން