ހުއިފިލަނޑާ މަސްވެރިން ޕްރޮސެސިން ލައިސަންސް ނެގުމަށް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 16ސ
ހުއިފިލަނޑާ މަސްވެރިން ޕްރޮސެސިން ލައިސަންސް ނެގުމަށް ހުޅުވާލައިފި

ހުއިފިލަނޑާ އެކްސްޕޯޓްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ޕްރޮސެސިންގ "ލައިސަންސް ނަގާފައި ނުވާ ފަރާތްތަކުން ލައިސެންސް ނެގުމަށް ހުޅުވާލައިފިއެވެ.

ޕްރޮސެސިންގ ލައިސަންސް ނެގުމަށް ހުޅުވާލާފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ކެޔޮޅު ޕޯޓަލް މެދުވެރިކޮށެވެ.

ދިވެހިރާއްޖޭގައި ކުރާ ހުފިލަނޑާ މަސްވެރިކަމުގައި ނަގާ ބާވަތެއް ކަމަށްވާ ކައްޗަލަ (Amberfish, Thelenota anax) އަކީ 2022 ވަނަ އަހަރުގެ ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝިޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޮރާ (ސައިޓީސް) ބައްދަލުވުމުގައި އޭގެ އާބާދީ، ދައްވަމުންދާކަމުގެ ހެކިތަކުގެ މައްޗަށް ބުރަވެ، އެ މުޢާހަދާގެ ޖަދުވަލު 2 ގައި ހިމަނާފައިވާ ބާވަތެކެވެ. ސައިޓީސް މުއާހަދާގެ ޖައުވަލު 2 ގައި ހިމަނާ ބާވަތްތައް އެކްސްޕޯޓްކުރެވޭނީ އެގައުމުގެ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީން ދޭ ހުއްދައަކާއެކުއެވެ. ލިސްޓް ކުރެވިފައިވާ ބާވަތް އެކްސްޕޯޓްކުރުމަށް ހުއްދަދެވޭނީ އެގައުމުގެ ސައިޓީސް ސައިންޓިޕިކް އޮތޯރިޓީ އިން ތައްޔާރުކުރާ "ނޮން-ޑެޓްރިމަންޓަލް ފައިންޑިންގ" (އެންޑީއެފް) އަކުން، އެބާވަތުގެ ދިރޭތަކެތި، އޭގެ މާހައުލުން، ނަގާ އެކްސްޕޯޓުކުރާ މިންވަރަކީ އެބާވަތުގެ އާބާދީއަށް ގެއްވުން ނުވާނެ އަދި ދެމެހެއްޓެނިވި ގޮތަކަށް ނެގޭ މިންވަރެއްކަން ކަނޑައެޅުމުންނެވެ.

ހުއިފިލަނޑާގެ މިބާވަތް ސައިޓީސްގެ ޖަވަލު 2 ގައި ހިމެނުމާ ގުޅިގެން، ދިވެހިރާއްޖޭގެ ސައިޓީސް ސައިންޓިފިކް އޮތޯރިޓީއެއް ކަމަށްވާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން ވަނީ މިބާވަތުގެ މަސްވެރިކަމުގެ އެންޑީއެފް ތައްޔާރުކޮށް މި ބާވަތުގެ ހުއިފިލަނޑާ އެކްސްޕޯޓް ކުރެވޭނެ މިންވަރެއް ކަނޑައަޅާފައެވެ. އަދި ވޭތުވެދިޔަ 3 އަހަރު ދުވަހު ހުއިފިލަނޑާ އެކްސްޕޯޓްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މި މިނިސްޓްރީއިން ދޫކުރާ ހުއިފިލަނޑާ ޕްރޮސެސްކުރުމުގެ ލައިސަންސް ނަގާފައިވާ ފަރާތްތަކުގެ މެދުގައި މި ކޯޓާ ބަހާލުމުގެ މިންގަނޑެއް އެކުލަވައިލުމުގެ މަސައްކަތް މި މިނިސްޓްރީއިން ދަނީ ކުރަމުންނެވެ.

މިއީ އަދުގެ ސަރުކާރުން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ލަފާފުޅާ އިރުޝާދުފުޅުއިރުޝާދުތަކުގެ ދަށުން މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް މި ސިނާއަތް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެތެރެއިން މުހިންމު މަސައްކަތެކެވެ.

ހުއިފިލަނޑާ އެކްސްޕޯޓްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ޕްރޮސެސިންގ ލައިސަންސް ނަގާފައި ނުވާ ފަރާތްތަކުން 20 އޮގަސްޓް 2026 ގެ ކުރިން މިނިސްޓްރީގެ ކެޔޮޅު ޕޯޓަލް (keyolhumv)މެދުވެރިކޮށް ލައިސަންސް ނެގުމަށް ވަނީ ހުޅުވާލާފައެވެ. މި ކަމާބެހޭ އިތުރު މައުލޫމާތު ހޯދުމަށް މިނިސްޓްރީގެ ފޯނު ނަންބަރު 3322625 އަށް ގުޅުއްވުން އެދެމެވެ:

ހަބަރު: ސަރުކާރު

މިއަދު އޮންލައިން