ކުރިމަތިކުރައްވަވާ ތަކްލީފްތަކަށް ކެތްތެރިވާން މަސައްކަތް ނުކުރާނަމަ ތިމާއަކީ ﷲ ގެ ރަހްމަތާ ނިޢުމަތް އިތުރުވުމަށް އެދޭ މީހަކަށް ނުވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ކުރިމަތިކުރައްވަވާ ތަކްލީފްތަކަށް ކެތްތެރިވާން
މަސައްކަތް ނުކުރާނަމަ ތިމާއަކީ ﷲ ގެ ރަހްމަތާ ނިޢުމަތް އިތުރުވުމަށް އެދޭ
މީހަކަށް ނުވެވޭނެ!

 

ކޮންމެ އިންސާނަކަށް ނަމަވެސް ކުރިމަތި ކުރައްވަވާ ކޮންމެ ކަމެއްވެސް ކުރިމަތި ކުރައްވަވަނީ މީސްތަކުން ޠޯހިރު ކުރެއްވެވުމަށްޓަކައެވެ. އެކަން މިއޮތީ ކީރިތި ޤުރްއާނުން ވަރަށް ސާފުކޮށް އެނގޭށެވެ!

"--- ތިއަބައިމީހުންގެ މައްޗަށް ދަތިކަމެއް ލެއްވުމަކަށް ﷲ އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު އެކަލާނގެ އިރާދަކުރައްވަނީ ތިއަބައިމީހުން ޠޯހިރު ކުރެއްވުމަށާއި، ތިއަބައިމީހުންގެ މައްޗަށް އެކަލާނގެ ނިޢްމަތް ފުރިހަމަ ކުރެއްވުމަށެވެ. (އެއީ) ތިއަބައިމީހުން ޝުކުރު ކުޅައުމަށްޓަކައެވެ." (މާއިދާ: 6)

ﷲ ތަޢާލާ އީ ރަހްމާންވަންތަ ރަޙީމްވަންތަ އިލާހް ކަމުގައިވާއިރު މީސްތަކުންނަށް މުޞީބާތްތައް ކުރިމަތިކުރައްވަވަނީ ކީއްވެގެން ކަމާއިމެދު ސުވާލު އުފައްދާ ފަރާތްތަކަށް މި އާޔަތުގައި އެއޮތީ ފުރިހަމައަށް ޖަވާބު ލިބޭށެވެ! ވީމާ އިސްލާމް ދީނާއި މެދު ޝައްކުތައް އުފައްދުވަން ކުރެވޭ މަސައްކަތްތައް އެއްވެސް ވަރަކަށް ބަލައި ނުގަންނާށެވެ! އެކަންކަމަށް ކީރިތި ޤުރްއާނުން މިއޮތީ ޖަވާބު ލިބޭށެވެ!

 

މީސްތަކުންނަށް ދަތިވާނެ އެއްވެސް ކަމެއް އިސްލާމް ދީނަކު ނުވެއެވެ. އިސްލާމް ދީނުގައި ވާ އެއްވެސް ކަމަކީ ތަކްލީފެއް ކަމަށް ބުނާނަމަ އެހެން އެބުނަނީ އިސްލާމް ދީނުގައިވާ ލުއި ފަސޭހަ ގޮތްތައް ނުއެނގޭތީއެވެ. މިކަމުގެ ޔަޤީންކަން ލިބިގެންދަނީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅުންނެވެ.

 

"ﷲ، އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކްލީފެއް ނުޖައްސަވައެވެ.---) (ބަޤަރާ: 286)

 

ވީމާ އިސްލާމް ދީނަކީ ތަކްލީފްތަކުން ފުރިގެންވާ ދީނެއް ކަމަށް ބުނެ ފަތުރާ ވާހަކަތައް ޤަބޫލުކުރުމެއް ނެތެވެ. އެފަދަ ވާހަކަތައް އަޑު ނުއަހާށެވެ! އަދި ބަލައިވެސް ނުގަންނާށެވެ! އެފަދަ ވާހަކަތަކަސް އެއްވެސް ވަރަކަށް ސަމާލުކަން ވެސް ނުދޭށެވެ!

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން