ކޮންމެ ކަމެއްގަ، ކޮންމެ ޙާލަތެއްގަވެސް ﷲ ތަޢާލާ ތިބާއާއެކު ވޮޑިގެންވާނެ މީހަކަށްވާން ބޭނުން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކޮންމެ ކަމެއްގަ، ކޮންމެ ޙާލަތެއްގަވެސް ﷲ ތަޢާލާ ތިބާއާއެކު ވޮޑިގެންވާނެ މީހަކަށްވާން ބޭނުން ހެއްޔެވެ؟

ލޮބުވެތި އެކުވެރިންނޭވެ! އެއްވެސް މީހަކު ތިމާގެ ހުރިހާ ކަމެއްގައިވެސް ﷲ ތަޢަލާއަށް އިސްކަންދޭނަމަ އެމީހަކު މާޔޫސް ނުކުރައްވަވާނެތެވެ. ﷲ ތަޢާލާއަށް އިސްކަންދިނުމަކީ ކޮންމެ ކަމެއްވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކުރުމެވެ. އަދި ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް ފުރަތަމަ ކަމަކަށް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމެވެ.  

ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދި ދެންނެވުމަށްފަހު އެކަމެއް ހިންމަވައިދެއްވެވުން ލަސްވާނަމަ، ދަތި ، ހިތާމަވެރި، ހިތްދަތި ޙާލުގައި އުޅެންޖެހިއްޖެނަމަ ﷲ ތަޢާލާ އާއިމެދު މާޔޫސްވެވެއެވެ. އެފަދަ މީހުން ބަލައިލަންވީ މިޙަދީޘްފުޅަށް ތިމާއަށް ޢަމަލުކުރެވޭ މިންވަރަކަށެވެ.  

ރަސޫލް (ﷺ) ޢަބްދުﷲ ބިން ޢައްބާސް އަށް ޙަދިޘްފުޅު ކުރެއްވެވިއެވެ.  

"ޒުވާނާއެވެ. ބަސްފުޅެއް ދަސްފުޅުކޮށްދެއްވާހުށީމެވެ. "ﷲ ގެ މަތިން ހަނދުމަކުރުންމަތީގައި ދެމިހުންނަވާށެވެ! ތިބާގެ ކަންކަމަށް ﷲ ބައްލަވައިވޮޑިގަންނަވާނެތެވެ. (ތިބާގެ ކަންކަން ބަލަހައްޓަވާނެތެވެ.) ﷲ ގެ މަތިން ހަނދުމަކުރުންމަތީގައި ދެމިހުންނަވާށެވެ! ތިބާގެ ފަރާތުގައި ﷲ ވޮޑިގެންވާކަން ތިބާއަށް ފެންނާނެތެވެ. ކަމަކަށް ދަންނަވަން ވެއްޖެނަމަ ﷲ އަށް ދަންނަވާށެވެ. އެހީއަކަށް ބޭނުނވި ނަމަވެސް ﷲ ގެ ޙަޟްރަތުން އެދޭށެވެ.  

މުޅި ދުނިޔެ އެކުގައި ތިބާއަށް އެހީތެރިވާން މަސައްކަތްކުރި ނަމަވެސް ﷲ ލިޔުއްވަވާފައިވާ ކަމެއް ނޫނީ ކޮށެއް ނުދެވޭނެއެވެ. މުޅި ދުނިޔެ އެކުގައި ތިބާއަށް ގެއްލުމެއް ދޭން މަސައްކަތްކުރި ނަމަވެސް ﷲ ލިޔުއްވަވާފައިނުވާ ގެއްލުމެއް ނުދެވޭނެއެވެ. ގަލަންތައް އުފުލިއްޖެއެވެ. ޞަފްޙާތައް ހިކިއްޖެއެވެ."

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން