އަނެކާދެކެވަނީ ޙަޤީޤީ ލޯބިކަން އެނގޭނެ ހަމައެކަނި ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
އަނެކާދެކެވަނީ ޙަޤީޤީ ލޯބިކަން އެނގޭނެ ހަމައެކަނި ގޮތް!

އަޅުގަނޑު މިއުޅެނީ ކައިވެނިކުރަންވެގެންނެވެ. އަޅުގަނޑޫގެ ސުވާލަކީ އޭނާ އަޅުގަނޑުދެކެ ހަމަ ޙަޤީޤަތުގައިވެސް ލޯބިވާކަން ޔަޤީންކުރެވޭނެ ގޮތެއް އޮންނާނެތޯއެވެ؟  

ކިޔުންތެރިޔާ ތިއަކުރެއްވީ ވަރަށް މުގިންމު އަދި ވަރަށް ބޮޑުވެސް ސުވާލެކެވެ. މޭއިރައިގެން ހިތްބެލިޔަސް ޖަވާބެއް ނުލިބޭނެއެވެ. ނަމަވެސް ތިރީގައިވާ ލިޔުމަށް އިތުބާރުކުރެވިދާނެއެވެ. އެއީ ގިނަ ބައެއްގެ ތަޖުރިބާކަމަށްވާތީއެވެ.  

ތިބާދެކެ ލޯބިވާކަމަށް ކިތަންމެ ގިނައިން ބުނުމަކީވެސް ތިބާދެކެ ޙަޤީޤީ ލޯބިވާކަމުގެ ހެއްކެއް ނޫނެވެ. ތިބާއަށް ކިތަންމެ ގިނަކަންތައްތަކެއް ކޮށްދިނަސް، ކިތަންމެ އަގުބޮޑު އެއްޗެތި ގަނެދިނަސް އެއީއަކީވެސް ތިބާދެކެ ޙަޤީޤީ ލޯބިވާކަމުގެ ހެއްކެއް ނޫނެވެ. ކިތަންމެ ގިނަ، ކިތަންމެ ދުރު ދަތުރުތަކަކު ގެންދިއަ ނަމަވެސް ކިތަންމެ ގިނައިން ކިތަންމެ އަގު ބޮޑު ރެސްޓޯރަންޓްތަކަކަށް ގެންދިއަނަމަވެސް އެއީއަކީވެސް ތިބާދެކެ ޙަޤީޤީ ލޯބިވާކަމުގެ ހެއްކެއް ނޫނެވެ. 

ދެން އޮތީ އެންމެ ބޮޑުވާހަކައެވެ. އެއީ ތިބއާއި ކައިވެނިކުރިނަމަވެސް އަދި ދަރިން ހޯދިނަމަވެސް އެއީއަކީވެސް ތިބާދެކެ ޙަޤީޤީ ލޯބިވާކަމުގެ ހެއްކެއް ނޫނެވެ. 

ސަބަބުވެސް މިބުނަނީއެވެ. މިބުނިތަނުން ކޮންމެ ކަމެއްކޮށްދީފައިވެސް އަދި މިބުނި ހުރިހާ ކަންކަން ކޮށްދީފައިނަމަވެސް މާދަމާވެސް ތިބާއާއި ވަކިވެގެން ހިނގައިދާނެތީއެވެ. ވަކިވެގެންދާތީއެވެ.  

ނަމަވެސް ބުނަން ހެއްޔެވެ؟ ތިބާއަށް އިޙްތިރާމްކޮށް އަދި ތިބާ ބޭނުންވާގޮތަށްވެސް އިޙްތިރާމްކޮށް އެމީހެއްގެ އުޅުން ނުވަތަ ޢަމަލުތައް ތިބާ ބޭނުންވާގޮތަށް ބަދަލުކޮށްފިނަމަ އެމީހަކީ ތިބާދެކެ ޙަޤީޤީ ލޯބިވާ މީހެކެވެ. ލޯބި މިމާނަކުރަނީ ޙަޤީޤީ ލޯތްބަށެވެ. މިހެން މިބުނަނީ އެފަދަ މީހަކު ތިބާ ރަނގަޅަށް އުޅެއުޅެ ހުއްޓައި، ނުވަތަ ތިބާގެ ސަބަބުން ދެން އެހެން ގޮތެއް ނެތިގެން ނޫނީ ތިބާ ދޫކޮށްލައި ދިއުމަކީ ހަމަ ވަރަށް ނާދިރުކަމަކަށްވާތީއެވެ.  

ކިޔުންތެރިން ނިކަން ވިދާޅުވެބައްލަވާށެވެ! އަޅެފަހެ މިބުނެވުނު ވާހަކަ ޤަބޫލުކުރެއްވޭހެއްޔެވެ؟

 

- އަލްފް / މިއަދުނޫސް  

މިއަދު އޮންލައިން