ބަލިތަކުން ސަލާމަތްވެހުރުމަށާ ރީތިކަން ދަމަހައްޓަންވެސް ކެވޭ މިންވަރަށް ސަމާލުކަންދޭން އެބަޖެހޭ! މަދުން ކައިފަވެސް މިފަދަ ދުޢާއެއް ކުރުމުން ބަރަކާތް ލައްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ބަލިތަކުން ސަލާމަތްވެހުރުމަށާ ރީތިކަން ދަމަހައްޓަންވެސް ކެވޭ މިންވަރަށް ސަމާލުކަންދޭން އެބަޖެހޭ! މަދުން ކައިފަވެސް މިފަދަ ދުޢާއެއް ކުރުމުން ބަރަކާތް ލައްވަވާނެ! އިން ޝާ ﷲ

ކޮންމެ ކަމަކަށް ބެލިނަމަވެސް ﷲ ތަޢާލާގެ އިންތަކެއް ވެއެވެ. ކެއުމުގެ އިންތައް ފެންނަން އޮތީ ސުންނަތުންނެވެ. ކާންވީ ގޮހޮރުގެ ތިންބައިކުޅަ އެއްބައަށެވެ. އަނެއް ބައަށް ބޯންވީ ފެނެވެ. އަނެއްބައި ނޭވާލުމަށްޓަކައި ހުހަށް ބާއްވަންވީއެވެ.  

މިއީ މުސްލިމުންނަށް އެނގޭ ކަންކަމެވެ. ނަމަވެސް ތަފާތު ބަލިތަކުގައި އުޅެންޖެހިފައިވާ މީހުންނާއި ނިކަން ސުވާލުކޮށްލައިބަލާށެވެ! ކެއުންބުއިމުގެ ކަންކަން މިބުނި ފަދައިން ސުންނަތާއިއ އެއްގޮތަށް ބެލެހެއްޓިފައިވާނީ ވަރަށް މަދުމީހަކަށެވެ. އަދި ބެލެހެއްޓުނު މީހުންގެ ތެރެއިން ގިނަ ބައަކު ތިބޭނީ ޢާންމުބަލިތަކުން ސަލާމަތްވެއެވެ. ނުވަތަ ކޮންޓްރޯލްކުރެވޭ ޙާލަތުގައެވެ.  

މިހާރަކަށް އައިސް އެންމެ ގިނަ ބައަކު ކަންބޮޑުވާ އެއްކަމަކީ ގިނައިން ކެވޭ ކަމެވެ. ބައެއް މީހުންނަށް 3 މީހުންގެ ކޮއްތު ކެވޭއިރުވެސް ބަނޑެއް ނުފުރެއެވެ. ކައިނިމިގެން ނުކުންނަތަނުން ކާއެއްޗެއް ފެނުނު ނަމަވެސް ކާހިތް ވެސް ވެއެވެ. މީހަކު ދައުވަތެއް ދީފިނަމަ ދުވަހަކުވެސް ބަނޑު ފުރިފައި ހުންނަ ކަމަކަށް ނުވެއެވެ. ޞިއްޙީ މައްސަލަތައް ކުރިމަތިވަމުންދާއިރުވެސް މެއެވެ.

މިފަދަ ޙާލަތުގައި ފުރަތަމަ ކަމަކަށް ޔަޤީންކުރަންވީ ކާންފަށަނީ ބިސްމިﷲ ކިޔައިގެން ކަމެވެ. އަދި ކައި ނިމިގެން ދެއްވެވި ރިޒްޤަށްޓަކައި ދުޢާކުރާ ކަމެވެ. ބިސްމިﷲ ކިޔައިގެން ކާނަމަ ކާތަކެތި އިބިލީސް ކެއުމުން ސަލާމަތްކޮށްދެއްވަވަތެވެ! އަދި ކާ މަދުތަކެތިން ބަނޑުވެސް ފުރޭނެއެވެ. އެއީ އެތަކެތީގައި ﷲ ތަޢަލާ ބަރަކާތް ލައްވަވައި ދެއްވަވާތީއެވެ! ކައި ނިމުމަށްފަހު ދުޢާކުރުމަކީ ކެއި ތަކެތީގެ ފައިދާ ތިމާއަށް ލިބުން އިތުރުވެގެންދާނެ ކަމެކެވެ.

އެގޮތުން މިފަދަ ދުޢާއެއްވެސް ކުރެވިދާނެއެވެ!  

اللَّهُمَّ بَارِكْ لَنَا فِيهِ وَأَطْعِمْنَا خَيْرَاً مِنْهُ

O Allah, You grant us blessings in it and grant us better than it. (Tirmidhi)

 

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން