އޮފްއަރާ ދުޅަހެޔޮ އިސްތަށިގަނޑެއް އޮތުމަކީ އަމިއްލަ ނަފުސަށް ހިތްހަމަޖެހުން ލިބުމުގެ އިތުރަށް ފިރިންގެ ސަމާލުކަންވެސް އިތުރުވާކަމެއް! މިއޮތީ ފަސޭހަ ފަރުވާއެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 54ސ
އޮފްއަރާ ދުޅަހެޔޮ އިސްތަށިގަނޑެއް އޮތުމަކީ އަމިއްލަ ނަފުސަށް ހިތްހަމަޖެހުން ލިބުމުގެ އިތުރަށް ފިރިންގެ ސަމާލުކަންވެސް އިތުރުވާކަމެއް! މިއޮތީ ފަސޭހަ ފަރުވާއެއް!

އިސްތަށިގަނޑު ބަލިވެ އޮފްކެނޑޭތީ ހޯދިދާނެ ފަރުވާއަކަށް އެދޭ ކުދިންނަށް މިގެނެސްދެނީ ފަސޭހައިން ހޯދިދާނެ ފަރުވާއެކެވެ. ތަޖުރިބާކޮށްލައްވާށެވެ! 

ބޭނުންވާ ތަކެތި:  

2 މޭޒުމަތީ ސަމުސާ ހަކުރު

2 ސަމުސާ ހޫނުފެން

 1 ސަމުސާ އަސްލް ކާށިތެޔޮ

2 ސަމުސާ މޮއިސްޗަރައިޒިންގ ކްރީމް  

ތައްޔާރުކުރާނެ ގޮތް: 

އެއްޗަކަށް ހަކުރު އަޅާށެވެ. ހޫނުފެން އަޅައި ރަނގަޅަށް ހަކުރު ވިރެންދެން ސަމުސަލަކުން ގިރާށެވެ. އެއަށް ކާށިތެޔޮފޮދު އަޅާށެވެ. އަދި އެއިގެ ތެރެއަށް އެމީހަކު ބޭނުންކުރާ މޮއިސްޗަރައިޒިންގ ކްރީމް އަޅާށެވެ.

ބުރުހަކުން ރަނގަޅަށް އިސްތަށިތަކުގާ އުނގުޅުމަށްފަހު 30 މިނިޓް ވަންދެން ބަހައްޓާފައި ސާފުކޮށް ދޮވެލާށެވެ. ހަފްތާއަކު 1،2 ފަހަރު މިގޮތަށް ކަންތައް ކުރަން ފެށުމުން ދާދި އަވަހަށް ނަތީޖާ ފެންނާނެއެވެ. އިން ޝާ ﷲ  

އިސްތަށީގެ މައްސަލަތަކަކީ ޚާއްޞަކޮށް އަނހެންކުދިން އެންމެ ބޮޑަށް ކަންބޮޑުވާ އެއް މައްސަލަތަކެވެ. ރީތި، އޮފްއަރާ ދުޅަހެޔޮ އިސްތަށިގަނޑެއް ލިބިފައިވުމަކީ އަނހެނުންގެ ރީތިކަން އިތުރަށް އެންމެ ބޮޑަށް ފުރިހަމަވާ އެއް ކަންތަކެވެ. 

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

 

މިއަދު އޮންލައިން