ޝައިޚްގެ ތަޖުރިބާ! ދަތިޙާލުގަ ހުރެގެންވެސް އަނބިދަރިންނަށް މިއަދު ބޮޑަށް ހެޔޮކޮށް ކަންކަން ކުރާނެކަމުގެ ނިޔަތުގަ ދުވަސްފަށައި ޢަމަލުކުރާނަމަ ހެޔޮ ގޮތްތައް މިންވަރު ކުރައްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޝައިޚްގެ ތަޖުރިބާ! ދަތިޙާލުގަ ހުރެގެންވެސް އަނބިދަރިންނަށް މިއަދު ބޮޑަށް ހެޔޮކޮށް ކަންކަން ކުރާނެކަމުގެ ނިޔަތުގަ ދުވަސްފަށައި ޢަމަލުކުރާނަމަ ހެޔޮ ގޮތްތައް މިންވަރު ކުރައްވަވާނެ! އިން ޝާ ﷲ

ކޮންމެ ދުވަހަކުވެސް ދުވަސްފަށަންވާނީ އިތުރު އުންމީދުތަކާއިއެކުގައެވެ. ޚާއްޞަކޮށް ކުރީ ދުވަހަށްވުރެ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުމަށާއި ކޮންމެވެސް މީހަކަށް ހެޔޮކަމެއް ކޮށްދިނުމުގެ ނިޔަތުގައެވެ. 

ދުރުމީހަކަށް ކަމެއް ކޮށްދިނުމުގެ ވިސްނުން ދުރުގައި ބާއްވާށެވެ! ފުރަތަމަ ކަމަކަށް އަނބިދަރިންނަށް ނުވަތަ މައިންބަފައިންނަށް ނުވަތަ ޢާއިލާގެ މީހަކަށް ނަމަވެސް ހެޔޮކަމެއް ކޮށްދިނުމަށް ނިޔަތްގަނެގެން ދުވަސްފަށާށެވެ! ﷲ ތަޢާލާގެ ﷲ ގެ ލޯބިވެވޮޑިގަތުން އިތުރުވާނެއެވެ. އިން ޝާ ﷲ  

"ތިއަބައިމީހުން، ﷲ އަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ! ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާއަށްފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. (އައްނިސާ: 36)  

އަހަރެންކުރާ ކަމެއް ބުނެފާނަމެވެ. އަތުގައި ފައިސާ މަދު ދުވަސްތަކުގައި އަހުރެން ދުވަސްފަށަނީ ކުރީ ދުވަހަށްވުރެ އަނބިމީހާއަށް އިތުރަށް ހެޔޮކޮށް ހިތުމުގެ ނިޔަތުގައެވެ. އަދި ދަރިންނަށާއި މައިންބަފައިންނަށްވެސް މެއެވެ. އެކަމުގެ ފައިދާ ވަރަށް ގިނަ ދުވަސްދުވަހު ޖީބަށް ކުރެއެވެ. އަހުރެން ޤަބޫލުކުރަނީ އެއީ އަހުރެންގެ ނިޔަތުގެ މައްޗަށް ﷲ ތަޢާލާ ލައްވަވާ ރަޙްމަތެއް ކަމަށެވެ. ތިއަބައިމީހުންވެސް ނިކަން ތަޖުރިބާކޮށްލަބަލާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން