ޖައިކާގެ ޑެޕިއުޓީ ޑައިރެކްޓަރ ލާމު އަތޮޅުގައި ކުރިއަށްދާ ބީ.ސީ.އާރު.އެސް.އައި މަޝްރޫޢުގެ ސައިޓުތަކަށް ޒިޔާރަތްކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ޖައިކާގެ ޑެޕިއުޓީ ޑައިރެކްޓަރ ލާމު އަތޮޅުގައި ކުރިއަށްދާ ބީ.ސީ.އާރު.އެސް.އައި މަޝްރޫޢުގެ ސައިޓުތަކަށް ޒިޔާރަތްކުރައްވައިފި

ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ ޑެޕިއުޓީ ޑައިރެކްޓަރ، ލާމު އަތޮޅުގައި ކުރިއަށްދާ "ބިލްޑިންގ ކްލައިމެޓް Resilience ސޭފަރ އައިލެންޑްސް އިން ދަ މޯލްޑިވްސް" (ބީ.ސީ.އާރު.އެސް.އައި) މަޝްރޫޢުގެ ސައިޓުތަކަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ އެ އަތޮޅުގެ ރަށްރަށަށް ދިމާވެފައިވާ ގިރުމުގެ މައްސަލަތައް ހުރިގޮތް ބައްލަވައިލެއްވުމާއި، މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ މިންވަރު ބެއްލެވުމެވެ. މިގޮތުން، ޖައިކާގެ ޑެޕިއުޓީ ޑައިރެކްޓަރ ވަނީ ލާމު އަތޮޅުގެ ގިރަމުންދާ ސަރަޙައްދުތަކަށް ވަޑައިގެން، މިހާރުގެ ޙާލަތު ވަރަށް ގާތުން ބައްލަވައިލައްވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ޑެޕިއުޓީ ޑައިރެކްޓަރ ވަނީ ލ. އިސްދޫ ކައުންސިލާއި ލ. ގަން ކައުންސިލާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި، މަޝްރޫޢާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވައި، ރަށްރަށުގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ބީ.ސީ.އާރު.އެސް.އައި މަޝްރޫޢަކީ މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން ދިވެހިރާއްޖޭގެ ރަށްތައް ސަލާމަތްކުރުމަށާއި، ރަށްގިރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ޖައިކާގެ އެހީގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން ލާމު އަތޮޅުގެ ރަށްތަކުގެ ގޮނޑުދޮށްތައް ހިމާޔަތްކުރެވި، މޫސުމީ ނުރައްކާތަކަށް އޮތް ބިރު ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން