ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގެ ފަނޑިޔާރުން ހޯދުމަށް ފުރުޞަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގެ ފަނޑިޔާރުން ހޯދުމަށް ފުރުޞަތު ހުޅުވާލައިފި

ދިވެހި އުފެއްދުންތެރިންނަށް ވާދަވެރި މާހައުލެއް ހޯދައިދީ، ރާއްޖޭގެ އުފެއްދުންތެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި ބާއްވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގެ ވާދަކުރުމުގެ ބައިގައި އިންސާފުކޮށްދޭނެ ފަނޑިޔާރުން ހޯދުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިޢުލާނުކޮށްފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ އިސްނެގުމުގެ މަތިން ބީސީސީއިން އިންތިޒާމްކުރާ މި މައުރަޒުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.

ފަނޑިޔާރުކަމުގެ ޝަރުތުތައް:

މި މައުރަޒުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 21 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް ވާންޖެހެއެވެ. އަދި ކުރިމަތިލާ ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުމާއެކު، މައުރަޒުގެ އެއްވެސް ގިންތިއެއްގައި ވާދަކުރާ ފަރާތަކަށް ވެގެން ނުވާނެއެވެ. މީގެ އިތުރުން، ވާދަކުރާ ފަރާތަކާ އާއިލީ ނުވަތަ ވިޔަފާރީގެ އެއްވެސް މަސްލަހަތެއް އޮތް ފަރާތަކަށް ވެގެން ނުވާނެކަމަށް ބީސީސީއިން ބަޔާންކުރެއެވެ.

ހޮވުމުގައި ބަލާނެ މިންގަނޑުތައް:

ފަނޑިޔާރުން ހޮވުމުގައި އެ ފަރާތެއްގެ ތަޢުލީމީ ސަނަދުތަކަށާއި، ދާއިރާގައި މަސައްކަތްކޮށްފައިވާ މުއްދަތަށާއި، ކަމާގުޅޭ ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލާނެއެވެ. އަދި މީގެ ކުރިން މިފަދަ މައުރަޒުތަކުގައި ފަނޑިޔާރުކަން ކޮށްފައިވާ ތަޖުރިބާއަށްވެސް އިސްކަންދެވޭނެއެވެ. ފަނޑިޔާރުކަން ކުރާ ފަރާތްތަކަށް ބީސީސީއިން ކަނޑައަޅާ އުޞޫލެއްގެ މަތިން އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުހިންމު ތާރީޚުތައް:

ސުންގަޑި: 26 އޮގަސްޓު 2026، މެންދުރުފަހު 15:00 ގެ ކުރިން.

އޮރިއެންޓޭޝަން: 15 ސެޕްޓެމްބަރުން 30 ސެޕްޓެމްބަރު 2026 އަށް.

ފަނޑިޔާރުކަން ކުރާ މުއްދަތު: 01 އޮކްޓޯބަރުން 23 އޮކްޓޯބަރު 2026 އަށް.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ސިޓީ، ވަނަވަރު، އައިޑީ ކާޑު ކޮޕީ، ސަނަދުތައް އަދި ތަޖުރިބާ އަންގައިދޭ ލިޔުންތަކާއެކު [email protected] އަށް އީމެއިލް ކުރެއްވުމަށް ބީސީސީއިން އެދެއެވެ. އެއް ގިންތިއަށް ވުރެ ގިނަ ގިންތިތަކަށް ފަނޑިޔާރުކަން ކުރުމަށް ހުށަހެޅުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލެވިފައެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން