އެމެރިކާ އެމްބަސީގެ ޝާޜޭ ދަފެއަރޒް، މިނިސްޓަރގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 26ސ
އެމެރިކާ އެމްބަސީގެ ޝާޜޭ ދަފެއަރޒް، މިނިސްޓަރގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ދިވެހިރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީގެ ޝާޜޭ ދަފެއަރޒް، ޑޭވިޑް ވިލިއަމްސް، މިދިޔަ އަންގާރަ ދުވަހު އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުންތައް އިތުރަށް ބަދަހިކޮށް، ކުރިއެރުވިދާނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން