ގޭގައި ތިބެގެން ފަސޭހަކަމާ އެކު މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ވިލާ ގޭހަށް އޯޑަރުކޮށްލެވޭނެ އިންތިޒާމު ވިލާ ހަކަތައިން ހަމަޖައްސައިފިއެވެ.
ވިލާ ހަކަތައިން ބުނީ މި އެޕްލިކޭޝަން ބޭނުންކުރުމުން ކަސްޓަމަރުންނަށް ވަގުތު ސަލާމަތްވެ، ޑެލިވަރީގެ ޚިދުމަތް ކުރިއަށްވުރެ އަވަސްވެގެންދާނެ ކަމަށެވެ. މިއީ ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޚިދުމަތް ހޯދުމުގައި ލުއިފަސޭހަކަން ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ވިލާ ގޭސް އެޕްލިކޭޝަން މިހާރު https://appurl.io/K4kB77Bi2p މެދުވެރިކޮށް ފަސޭހަކަމާއެކު ޑައުންލޯޑް ކުރެވޭނެއެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ހަމައެކަނި ގޭހަށް އޯޑަރު ކުރުމުގެ އިތުރުން، ގޭސް ގުޅުމަށް ބޭނުންވާ އެކި ބާވަތްތަކުގެ އާލާތްތައް ވެސް ލިބެން ހުންނާނެއެވެ. މީގެ އިތުރުން، ކަސްޓަމަރުންނަށް އެމީހުންގެ އެކައުންޓްގެ މައުލޫމާތާއި ޕޭމަންޓް ހިސްޓްރީ ފަސޭހައިން ބަލާލެވޭ ގޮތަށް މި އެޕްލިކޭޝަން ވަނީ ފަރުމާކޮށްފައެވެ.
ވިލާ ހަކަތައިގެ އަމާޒަކީ ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމަރުންނަށް ވީހާވެސް ގާތުން އަދި އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމެވެ.