"ވޯލްޑް ޓްރެވަލް އެވޯޑު"ގެ އޮފިޝަލް ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
"ވޯލްޑް ޓްރެވަލް އެވޯޑު"ގެ އޮފިޝަލް ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި

ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އެންމެ ޝަރަފުވެރި އެއް އިވެންޓް ކަމަށްވާ "ވޯލްޑް ޓްރެވަލް އެވޯޑު"ގެ އޮފިޝަލް ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް މިއަދު ހަމަޖައްސައިފިއެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ވީއެމްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީއެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ބިޒްނަސް އޮފިސަރު ރާޖޭޝް މެހެތާއެވެ.

ވީއެމްސީން ބޭނުންވަނީ މިފަދަ ބައިނަލްއަޤްވާމީ ބޮޑު ހަރަކާތެއް ކުރިއަށްގެންދާއިރު، ރާއްޖޭގެ އެންމެ ކުރިއަރާފައިވާ އެއް މުވާސަލާތީ ކުންފުނި ކަމަށްވާ އުރީދޫގެ ޑިޖިޓަލް ވަސީލަތްތަކާއި ކަނެކްޓިވިޓީގެ އެހީގައި މި ހަރަކާތް އެންމެ ފުރިހަމަ ގޮތުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ވީއެމްސީން ފާހަގަކުރި ގޮތުގައި، އުރީދޫއަކީ ރާއްޖޭގެ ވިޔަފާރިތަކުން އިތުބާރުކުރާ ޓެކްނޮލޮޖީ ޕާޓްނަރެކެވެ. ވަކިން ޚާއްޞަކޮށް ފަތުރުވެރިކަމުގެ ސިނާޢަތަށް ބޭނުންވާ އައިސީޓީ ސޮލިއުޝަންތަކާއި، މެނޭޖްޑް ސަރވިސަސް، ހޯސްޓަޑް ސޮލިއުޝަންތަކުގެ އިތުރުން، ޒަމާނީ ޑޭޓާ ސެންޓަރުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އުރީދޫއަކީ ތަޖުރިބާކާރު އަދި އިތުބާރު ލިބިފައިވާ ބައިވެރިއެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.

މި ޕާޓްނަރޝިޕްގެ ދަށުން "ވޯލްޑް ޓްރެވަލް އެވޯޑު"ގެ ކަންކަން ޑިޖިޓަލްކޮށް ގުޅާލަދީ، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އިތުރު ބާރަކަށް ވެގެންދާނެއެވެ.

މިއަދު އޮންލައިން