އަންހެނުންނަށް ސުވަރުގެ ވަދެވުމަކީ އުނދަގޫކަމެއް ކަމަށް ބުނުމަކީ ޙައްޤު ބަހެއް ނޫނެވެ. އެހެން އެބުނަނީ ކަންއޮތް ގޮތް ނުއެނގޭތީއެވެ. ޙަޤީޤަތަކީ އަންހެނުންނަށް ސުވަރުގެ ވަދެވުން މާފަސޭހަކަމެވެ.
ޙަދީޘްފުޅުގައި އޮތީ އަންހެނަކު ފަރުޟް ނަމާދުތައްކޮށް، ރަމަޟާން މަހު ރޯދަހިފައި، އޭނާގެ ޢިއްފަތްތެރިކަން ޙިމާޔަތްކޮށް، ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކޮށްފިނަމަ އެމީހަކު ބޭނުން ދޮރުކޮޅަކުން ސުވަރުގެ ވަދެވޭނެ ކަމަށެވެ. ވީމާ އަންހެނަކު ސުވަރުގެ ލިބިގަތުމަށް ކުރަން މިއޮތީ ވަރަށް ފަސޭހައިން ކުރެވޭނެ 4 ކަމެކެވެ. އަދި އިސްލާމްކަންމަތީގައި ހުރުމަށް ކުރަންޖެހޭނެ ކަންކަންވެސްމެއެވެ. އިތުރުކަމެއް ނޫނެވެ.
ވީމާ އަންހެނުންނަށް ސުވަރުގެ ލިބުން މާއުނދަގޫވާނެކަމަށްބުނެ ބިރުނުގަންނަވާށެވެ! ސުވަރުގެ ލިބިގަންނަން މަސައްކަތްކުރަން ހިތްވަރުދޭށެވެ.
- ޝައިޚް މުޙައްމަދު އިޤްބާލް
- މިއަދުނޫސް