ތިބާއާއިއެކުގައިވުމަށް އެދިގެންހުރިކަމެއް ތިބާއާ ވަކިވިޔަސް ކެތްރިވެލައިފިނަމަ ލިބޭނެ އުފާވެރިކަން މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ތިބާއާއިއެކުގައިވުމަށް އެދިގެންހުރިކަމެއް ތިބާއާ ވަކިވިޔަސް ކެތްރިވެލައިފިނަމަ ލިބޭނެ އުފާވެރިކަން މާބޮޑުވާނެ!

ވިސްނަންވީ މަސްބޭނުމަށެވެ. ނަނުގައި ބޮޑު މަހެއް ގަތީއެވެ. އެތައް މަސައްކަތުން ދަމައި ގެނެސް ދޯންޏަށް ނަގަން އުޅޭތަނުން ވީއްލިގެން އެބަދެއެވެ. މަސްވެރިޔާ މާޔޫސެއް ނުވާނެއެވެ. އަނެއްކާވެސް ނަނު އެއްލައި ބަލާނީ މަހެއް ބޭނޭތޯއެވެ. އެގޮތަށް ހިތްވަރުކުރީމާ މަސް ބޭނެއެވެ.  

ވިސްނަންވީ ވަދުގައި ގަތަސް ނުބޭނުނު މަހަކީ ތިމާއަށް ލިބެން ނެތް ރިޒުޤެއް ކަމެވެ. އެއީ ތިމާއަށް ރިޒުޤް ނުދެއްވަވާނެ ސަބަބެއް ނޫންކަމެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ވިސްނަން އޮތީ މިގޮތަށެވެ.  

ތިބާ ކުރަން އުޅުނު އެންމެ ކަމަކުން ނުވަތަ އެއަށްވުރެ ގިނަ ކަންކަމުން ފޭލްވިނަމަވެސް ހުރިހާ ކަމަކުން ފޭލްވާނެކަމަށް ޤަބޫލުނުކުރާށެވެ! ކެތްތެރިވެލާށެވެ! ކާމިޔާބީއަށްކުރާ ދަތުރު މަޑުނުޖައްސައި ބާރަށް ކުރިއަށްދާށެވެ! އަދި ކާމިޔާބު ޙާޞިލްކުރެވޭނެކަން އަމިއްލަ ނަފްސަށް ޔަޤީންކޮށްގެން ކުރިއަށްދާށެވެ! ތިބާ، ތިބާގެ ނަފްސަށް އިތުބާރުކަނޑާލައިފިނަމަ ތިބާއަށް އިތުބާރުކުރާނީ ކާކުހެއްޔެވެ؟ އިތުބާރުކުރާނެ އެކަކުވެސް ނުހުންނާނެ ނޫންހެއްޔެވެ؟ 

އެންމެ މުހިންމު ކަމަކީ ރަނގަޅު ކަންކަންވެސް ތިބާއާއި ވަކިވެގެންދާނެކަން ޤަބޫލުކުރުމެވެ. ޔަޤީންކުރަންވީ އެރަނގަޅުކަންތައް ތިމާއާއި ވަކިވެގެން އެދިއައީ އެއަށްވުރެ ރަނގަޅު ކަމެއް ތިމާއަށް ލިބެން ކަމެވެ.  

ދެން ބުނެލަން އޮތީ އެންމެ މުހިންމު ކަންތަކުގެ ވާހަކައެވެ. އެއީ އަބަދުވެސް ހިނިތުންވެގެން ހުރުމެވެ. ދުނިޔޭގައި ރަނގަޅު ކަންތައް ބައިވަރެވެ. ގެއްލިގެންދިއަ ކަންތަކަށްވުރެ މާރަނގަޅު ކަންތައްތަކުން އެވަނީ ތިބާވަށައިލެވިފައެވެ. ވިސްނާލާފައި އެންމެ ރަނގަޅު ކަންތައް އިޚްތިޔާރުކުރާށެވެ! ލިބޭނެއެވެ! ކާމިޔާބުވާނެއެވެ! އިން ޝާ ﷲ

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން