ﷲ ބާވައިލެއްވެވި ފޮތްތަކަށް އީމާންވުމާ ތައުރާތު-

ކިޔުމަށް ހޭދަވާނީ 3މ 15ސ
ﷲ ބާވައިލެއްވެވި ފޮތްތަކަށް އީމާންވުމާ ތައުރާތު-

ޢާއިޝަތު ރަފާޙް ޢަލީ

 

ﷲ ތަޢާލާ ބާވައިލެއްވެވި ފޮތްތަކަށް އީމާންވުމަކީ މުސްލިމުންނަށް ވާޖިބު ކަމެކެވެ. 

ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 285 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

(كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ)

މާނައީ: "އެ އެންމެންމެ اللَّه އާއި، އެކަލާނގެ ملائكة ންނާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތަކާއި، އެކަލާނގެ ފޮނުއްވި رسول ންނަށް إيمان ވިއެވެ." 

މި ލިޔުމުގައި މިބަލާލަނީ ސަމާވީ ފޮތްތަކުގެ ތެރެއިން ތައުރާތަށެވެ. 

3.   ތައުރާތު: 

ތައުރާތަކީ ﷲ ސުބްހާނަހޫ ވަތަޢާލާ މޫސާ ޢަލައިހިއްސަލާމަށް ބާވައިލެއްވި ފޮތެވެ. އެފޮތަކީ ވަރަށް މާތް ފޮތެކެވެ. ހިދާޔަތާއި ނޫރް އެފޮތުގައި ވެއެވެ. ﷲ ތަޢާލާ މާއިދާ ސޫރަތުގެ 44 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

(إِنَّا أَنزَلْنَا التَّوْرَاةَ فِيهَا هُدًى وَنُورٌ ۚ يَحْكُمُ بِهَا النَّبِيُّونَ الَّذِينَ أَسْلَمُوا لِلَّذِينَ هَادُوا وَالرَّبَّانِيُّونَ وَالْأَحْبَارُ بِمَا اسْتُحْفِظُوا مِن كِتَابِ اللَّهِ وَكَانُوا عَلَيْهِ شُهَدَاءَ ۚ)

މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ توراة ބާވައިލެއްވީމެވެ. އޭގައި ތެދުމަގާއި، އަލިކަންވެއެވެ. ކިޔަމަންތެރިވެގެން ތިއްބެވި ނަބިއްޔުންނާއި، ربّانى ން (އެބަހީ: يهودى ންގެ އަޅުވެރިން) ނާއި، يهودى ންގެ علم ވެރިން، އެފޮތުން يهودى ންގެ މައްޗަށް حكم ކުރައްވަތެވެ. (އެއީ) اللَّه ގެ ފޮތް ރައްކާތެރިކުރުމުގެ أمانة އެއުރެންނާ މަތިކުރައްވާފައި ވުމުގެ ސަބަބުންނެވެ. އަދި އެއުރެންނީ، އެފޮތުގެ މައްޗަށް ތިބި ހެކިވެރިންނެވެ." 

އަދިވެސް އަޢްލާ ސޫރަތުގެ 19 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

صُحُفِ إِبْرَاهِيمَ وَمُوسَىٰ ‎﴿١٩﴾‏

މާނައީ: "إبراهيم ގެފާނާއި، موسى ގެފާނަށް ބާވައިލެއްވި ފަތްފުށްތަކުގައެވެ. (19)"

މިއަދު އޮންލައިން