އުރީދޫ އާއި މާސްޓަރކާޑާގުޅިގެން މެލޭޝިޔާއަށް ދެ މީހުންގެ ދަތުރެއް ހޯދުމުގެ ފުރުޞަތު ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
އުރީދޫ އާއި މާސްޓަރކާޑާގުޅިގެން މެލޭޝިޔާއަށް ދެ
މީހުންގެ ދަތުރެއް ހޯދުމުގެ ފުރުޞަތު ދީފި

އޯރިޑޫ މާލްޑިވްސްގެ 21 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އެ ކުންފުނިން ވަނީ "މާސްޓަރކާޑު ގިވްއަވޭ" ޕްރޮމޯޝަން އިފްތިތާޙުކޮށް، ކަސްޓަމަރުންނަށް ދެ މީހުންނަށް މެލޭޝިޔާއަށް ދެކޮޅު ޓިކެޓު ކާމިޔާބުކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

1 އޮގަސްޓުން 30 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އުރީދޫ ސުޕަރއެޕް މެދުވެރިކޮށް 400 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރު އަދަދަކުން މާސްޓަރކާޑު ބޭނުންކޮށްގެން ފައިސާގެ މުޢާމަލާތްކުރާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށެވެ. މި ޝަރުޠު ހަމަވާ ކޮންމެ މުޢާމަލާތަކާއެކު ގުރުއަތުގައި ބައިވެރިވުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

އުރީދޫ އެޕް މެދުވެރިކޮށް މަދުވެގެން 400 ރުފިޔާގެ އެއް މުޢާމަލާތް މާސްޓަރކާޑުން ކުރާ ކަސްޓަމަރުންނަށް ގުރުއަތުގައި ބައިވެރިވުމުގެ އެއް ފުރުޞަތު ލިބޭނެއެވެ. ސޭވްކޮށްފައިވާ މާސްޓަރކާޑެއް ބޭނުންކޮށްގެން ފައިސާ ދައްކާ ކަސްޓަމަރުންނަށް ދެ ފުރުޞަތު ލިބޭއިރު، މާސްޓަރކާޑު ބޭނުންކޮށްގެން އޮޓޯޕޭ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް، ޝަރުޠު ހަމަވާ ކޮންމެ މުޢާމަލާތަކަށް ފަސް ފުރުޞަތު ލިބޭނެއެވެ. އަދި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ޝަރުޠު ހަމަވާ ގިނަ މުޢާމަލާތްތަކެއް ކޮށްގެން ގުރުއަތުގައި ބައިވެރިވުމުގެ ފުރުޞަތުތައް އިތުރުކުރެވޭނެއެވެ.

އުރީދޫ އެޕް މެދުވެރިކޮށް ލިބެން ހުންނަ އޮޓޯޕޭގެ ސަބަބުން ކާޑުގެ މަޢުލޫމާތު ރައްކާތެރިކަމާއެކު ސޭވްކޮށް، ބޭނުންވާ ތާރީޚެއްގައި އޮޓޯއިން ފައިސާ ދެއްކޭގޮތް ހަމަޖެއްސެއެވެ. އަމިއްލައަށް ހަނދާންކޮށްގެން ފައިސާ ދެއްކުމުގެ ބަދަލުގައި، އޮޓޯޕޭ ސެޓްއަޕް ކުރުމުން ޝަރުޠު ހަމަވާ މުޢާމަލާތްތައް އޮޓޯއިން ކުރިއަށްދާނެއެވެ

އުރީދޫ ޚިދުމަތްތަކާ ގުޅޭގޮތުން އެހީތެރިކަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ އޭއައި ޑިޖިޓަލް އެސިސްޓެންޓް "އެވީ" މެދުވެރިކޮށް މަޢުލޫމާތާއި އެހީތެރިކަން ހޯދޭނެއެވެ. ޕްރޮމޯޝަން މުއްދަތު ނިމުމުން، ޝަރުޠު ހަމަވާ ކަސްޓަމަރުންގެ މެދުގައި އުރީދޫއިން ނަގާ ގުރުއަތުން ހޮވޭ އެއް ފަރާތަކަށް ދެ މީހުންނަށް މެލޭޝިޔާއަށް ދެކޮޅު ޓިކެޓު ލިބޭނެއެވެ.

މިއަދު އޮންލައިން