ޤައުމީ ދުވަސް ފާހަގަކުރުމަށް މާލެއާއި އަތޮޅުތަކުގެ ސްކޫލުތަކުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ޤައުމީ ދުވަސް ފާހަގަކުރުމަށް މާލެއާއި އަތޮޅުތަކުގެ ސްކޫލުތަކުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

މިއަހަރުގެ ޤައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން މާލެއާއި އަތޮޅުތަކުގެ ސްކޫލުތަކުގައި ގިނަގުނަ ހަރަކާތްތަކެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ. މިއަހަރުގެ ޤައުމީ ދުވަސް ދިމާވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 14 ވާ ހޮނިހިރު ދުވަހަށެވެ. ޤައުމީ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވާތީ، ގިނަ ސްކޫލުތަކަކުން މި ދުވަހުގެ ހަރަކާތްތައް މިއަދު ކުރިއަށް ގެންދިޔައީ ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ލޯބި އިތުރުކުރުމާއި، މި ދުވަހުގެ މުހިންމުކަން އަންގައިދިނުމުގެ މަޤްޞަދުގައެވެ.

މިއަދު ސްކޫލުތަކުގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރޭގައި ޚާއްޞަ އެސެމްބްލީތައް ބޭއްވުމާއި، ޤައުމީ ދުވަހާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތަކާއި، ދިވެހި ސަގާފީ ކުޅިވަރުތަކުގެ އިތުރުން ކުލަގަދަ ހިނގާލުންތައް ހިމެނެއެވެ. ގިނަ ސްކޫލުތަކެއްގެ ދަރިވަރުން މިއަދު ސްކޫލަށް ހާޒިރުވީ ދިވެހި ސަގާފީ ހެދުންތަކުގައެވެ.

މިއަދު މި ހަރަކާތްތައް ބޭއްވި ސްކޫލުތަކުގެ އިތުރުން، ބައެއް އެހެން ސްކޫލުތަކުން ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތައް ބޭއްވުމަށް ނިންމާފައިވަނީ ކުރިއަށް އޮތް ހަފުތާ ބަންދަށްފަހު، އަންނަ އާދިއްތަ ދުވަހުއެވެ.

ޤައުމީ ދުވަސް ނިސްބަތްވަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ޒިކުރާ އާކުރުމަށެވެ. މިފަދަ ދުވަސްތައް ސްކޫލުތަކުގައި ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވާ ފަދައިން، ޒުވާން ޖީލުގެ ހިތްތަކުގައި އިސްލާމީ ދީނާއި ޤައުމިއްޔަތަށް އޮތް ލޯބި ދެމެހެއްޓުމެވެ.

މިއަދު އޮންލައިން