ފިރިމީހާއަށް ހެޔޮބޮޑުވާން ވާދަކުރާނަމަ ގިނަ ފަހަރު ފޭލްވާނީ ވާދަކުރާ އަނބިމީހާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ފިރިމީހާއަށް ހެޔޮބޮޑުވާން ވާދަކުރާނަމަ ގިނަ ފަހަރު ފޭލްވާނީ ވާދަކުރާ އަނބިމީހާ!

ދުނިޔޭގެ އާބާދީގައި އަންހެނުން ގިނަވަމުން ދިއުމާއި އަދި ކައިވެނި ރޫޅުން ގިނަވާތީ އެކަނިވެރިވާ އަންހެނުން ގިނަވުމުގެ ނަތީޖާއަކަށްވެފައި މިއޮތީ ދެއަންތބަށް ކައިވެނިކުރުން ގިނަވުމެވެ. އަހުރެން ބަހެއް ބުނެލަން ބޭނުންވަނީ ދެއަނބިން ނުވަތަ ގިނަ އަނބިން ތިބިނަމަ ހެދޭ ގޯހަކާއިބެހޭ ގޮތުންނެވެ. އެގޯހަކީ ފިރިމީހާއަށް ރަނގަޅުވާން ވާދަކުރުމެވެ.  

އެއްގޮތަކުން ބަލައިފިނަމަ ވާދަކުރުމަކީ މައްސަލައެއް ނޫނެވެ. ކުރަންވެސް އޮތްކަމެކެވެ. ނަމަވެސް ގިނަފަހަރު އެކަން ނުރައްކަލުގެ ތެރެއަށް ވެއޓިގެން ދެއެވެ. އެއީ އަބަދު އެއްފެންވަރެއްގައި

ނުހިފެހެއްޓޭތީއެވެ.  

މިޘާލަކަށް ނެތްވަރު ދައްކާލައިގެން ކުރިހޯދަން މަސައްކަތްކުރީއެވެ. އެތައް ދުވަހެއްވަންދެން މަސައްކަތްކުރުމުންވެސް އެއްވެސް ނަތީޖާއެއް ނުނުކުތީއެވެ. މާޔޫސްވީއެވެ. ދެވޭ ޚިދުމަތް އޭގްރޭޑުން ސީގްރޭޑަށް ވެއްޓުނީއެވެ. އެހިސާބުން ފިރިމީހާއަށް އަންނާނެ ބަދަލަށް ވިސްނާށެވެ. އެޙާލަތުގައި ފިރިމީހާ ފޫހިވުން މާބޮޑުވާނެއެވެ. ވިސްނޭނީ މިހާރު އަނބިމީހާ ތިމާދެކެ ފޫހިވެއްޖެކަމަށެވެ.  

ވީމާ އަހުރެންގެ ނަޞީޙަތަކީ އަބަދުވެސް ތިމާއަށް ކަންކަން ކޮށްދެވޭނެ އެންމެ ރަނގަޅަކަށް ކަންކަން ކޮސްދެމުން ގެންދިއުމެވެ. އަބަދުވެސް އެއްފެންވަރެއްގައި ކަންކަން ބަހައްޓަން މަސައްކަތްކުރުމެވެ. އެއިރުން ކުރިން މިބުނި ގޮތަށް ޚިދުމަތުގެ ފެންވަރު ވެއްޓިގެނެއްނުދާނެއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

- މިއަދުނޫސް

މިއަދު އޮންލައިން