ސުވަރުގެ އެދިގެންކުރާ ދުޢާއަށްވުރެ ގިނައިން ފާފަފުއްސަވައިދެއްވެވުން އެދިގެން ދުޢާކުރަންވާނެ! ސުވަރުގެ ލިބުން ގާތްވާނީ އެއިރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ސުވަރުގެ އެދިގެންކުރާ ދުޢާއަށްވުރެ ގިނައިން ފާފަފުއްސަވައިދެއްވެވުން އެދިގެން ދުޢާކުރަންވާނެ! ސުވަރުގެ ލިބުން ގާތްވާނީ އެއިރުން!

މުސްލިމުންގެ އެންމެ ބޮޑު ބޭނުމަކީވެސް އަދި އުންމީދަކީވެސް ސުވަރުގެ ލިބުމެވެ. ސުވަރުގެ ލިބުން އޮތީ އެމީހެއްގެ ފާފަތައް ފުއްސަވައިދެއްވެވުމުންނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންނެވެ. އެމީހެއްގެ ފާފަތައް ފުއްސަވައިދެއްވަވައިފިނަމަ އެމީހަކަށް އެވަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިފައެވެ. އިން ޝާ ﷲ  

ގިނަ ބައަކު އެމީހުންނަށް ސުވަރުގެ ދެއްވެވުން އެދިގެން ދުޢާކުރެއެވެ. ނަމަވެސް އެމީހުންގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި އޮންނަނީ ދުޢާ ނުކުރެވިފައެވެ. ސަބަބަކަށްވަނީ ތިމާމެންނަށް މިތިބެނީ ފާފައެއް ނުކުރެވިކަމަށް ޤަބޫލުކުރެވޭ ކަމެވެ.  

މިއީ ވަރަށް ނުބައި ވިސްނުމެކެވެ. ކިތަންމެ ވަރަކަށް ސުވަރުގެ އެދުނަސް ސުވަރުގެ ފައްދަވައިދެއްވަވާނީ އެމީހެއްގެ ފާފަފަތައް ފުއްސަވައި ދެއްވަވާފައިވާނަމައެވެ. ފާފަތަކެއް ކޮނޑުޖަހައިގެން ހުރިމީހަކަށް ސުވަރުގެއަކަށް ނުވަދެވޭނެއެވެ.

ފާފަތައް ފުއްސަވައި ދެއްވަވައިދެއްވެވުން އެދިގެން ވީހާ ގިނައިން ދުޢާކުރަންވީ އެސަބަބަށްޓަކައެވެ. މަދުވެގެން ދުވާލަކު 100 ފަހަރު أَسْـتَـغْـفِـرُ اللهَ وَ أَ تُـوبُ إِ لَـْيهِ ކިޔަންޖެހެނީ އެހެންވެގެންނެވެ.  

މީސްތަކުންނޭވެ! އެންމެ މުހިންމު ކަމަކީ އެމީހެއްގެ ފާފަތައް ފުއްސަވައިދެއްވެވުމެވެ. ފާފައެއް ކުރެވިއްޖެނަމަ ވިއްދައިގެން ހެޔޮކަމެއް ކުރާށެވެ. ފާފައެއް ނުކުރެވުނަސް ފާފަ ފުއްސަވައިދެއްވެވުން އެދިގެން ދުޢާކުރަމުން ގެންދާށެވެ. ފާފައަކަސްވާނެ ކިތަންމެ ކުޑަ ޢަމަލެއް ނަމަވެސް ނުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ!  

އަހުރެން ބުނާނީ ހެނދުނު ނުވަތަ ހަވީރު މަދުވެގެން 100 ފަހަރު ކިޔާށެވެ. އެންމެ ރަނގަޅި ދެއިރުވެސް ކިޔުމެވެ. އަދި ކިރިޔާ ހުސްވަޤުތެއް ލިބުނަސް ކިޔަމުން ގެންދިއުމެވެ. ޢަދަދަކަށް ބަލާނެ ކަމެއް ނެތެވެ. ޢަދަދު މަލާއިކަތުން ބައްލަވާނެތެވެ.

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން