ތިބާގެ ވެރި ރައްބާއިމެދު މި ކަންކަން އަބަދުވެސް ޔަޤީންކުރާ މީހަކަށް މާޔޫސްވާކަށް ނުޖެހޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ތިބާގެ ވެރި ރައްބާއިމެދު މި ކަންކަން އަބަދުވެސް
ޔަޤީންކުރާ މީހަކަށް މާޔޫސްވާކަށް ނުޖެހޭނެ! އިން ޝާ ﷲ

 ކޮންމެ މީހެއްގެ ހިތުގައިވެސް ﷲ ތަޢާލާ އާއިމެދު

ހިތުގައި ޔަޤީންކަން ބާއްވަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ! އެއިގެ ތެރެއިން 3،4 ކަމެއް މިއަދު ފާހަގަކޮށްލާނަމެވެ!

ފުރަތަމަ ކަމަކީ މުޞީބާތްތައް ކުރިމަތި ކުރައްވަވަނީ އަހަރެމެން ދެކެ ﷲ ތަޢާލާ ލޯބިފުޅުވެވޮޑިގަންނަވާތީ ކަމެވެ. އަހަރެމެންނަށް ﷲ ތަޢާލާ އާއި ދުރަށް ދެވޭތީ ކުއްތަންވުމަށް ބާރުއެޅުއްވެވުމަށް ކަމެވެ. މަގުން ކައްސާލައިގެން ދާތީ ތައުބާވެ ސީދާ މަގަށް އެޅުމަށް އެނގެވުމަށްޓަކައި ކަމެވެ.

ދެވަނަ ކަމަކީ އަހަރެމެންނާއި އެންމެ ގާތުގައި ﷲ ތަޢާލާ ވޮޑިގެންވާ ކަމާއި އެހެން އެންމެން އަހަރެމެން ދޫކޮށް ދިއަ ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން އަހަރެމެން އެކަމަށް އެދޭހައި ދުވަހަކު ﷲ ތަޢާލާ އަހަރެމެން ދޫކޮށް ނުލައްވަވާނެ ކަމެވެ. ވީމާ އަބަދުވެސް އެންމެ ގާތް "ބެސްޓް ފްރެޑަކީ" ﷲ ތަޢާލާކަމުގައި ހަދާށެވެ!

ތިންވަނަ ކަމަކީ އަހަރެމެންގެ ބޭނުންތައް ފުއްދަވައި ދެއްވެވޭނެ ހަމައެކަނި ﷲ ތަޢާލާ ކަމެވެ. ދުނިޔޭގެ އެންމެން މީހަކަސް އެހީތެރިވާން ބޭނުންވި ނަމަވެސް ﷲ ތަޢާލާ އިރާދަ ނުކުރައްވަވައިފިނަމަ ހަމަ އެކަކަށް ވެސް ކޮށްދެވޭނެ އެއްވެސް ކަމެއް ނުއޮންނާނެ ކަމެވެ. ހަމަ އެއާއިއެކު އެހީވާނެ އެއްވެސް މީހަކު ނެތް ނަމަވެސް ﷲ ތަޢާލާ އިރާދަ ކުރައްވަވައިފިނަމަ ޙާޞިލު ނުކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެ ކަމެވެ. ވީމާ ތިމާއަށް ކުރިމަތިވާ ކަންކަމުގެ ވާހަކަ ގިނަގިނައިން ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާށެވެ!

ހަތަރުވަނަ ކަމަކީ ﷲ ތަޢާލާގެ ހަޟްރަތުން އުންމީދު ކަނޑާލައިގެން ނުވާނެ ކަމާއި ހަމައެކަނި ﷲ ތައާލާގެ ޙަޟްރަތުން އަހަރެމެންގެ ހުރިހާ ބޭނުންތަކެއް ފުދޭނެ ކަމެވެ. ކަމަކަށް އެދި ދެންނެވުމުން ނުވަތަ ދުޢާ ކުރުމުން އިޖާބަކޮށްދެއްވެވުން ލަސްވުމަކީ ވެސް ހަމަ އަހަރެމެންގެ ފައިދާއަށް ކޮށް ދެއްވަވާ ކަމެކެވެ. ވީމާ މާޔޫސްވުމެއްނެތެވެ. އޮތީ ﷲ ތަޢާލާއަށް އިތުބާރުކުރުމުގައި ދެމިހުރުމެވެ.

މިކަންކަމާއި މިފަދަ އިތުރު ކަންކަން އަބަދުވެސް ހިތުގައި ޔަޤީންކަމާއިއެކު ބާއްވާށެވެ! އެ ޔަޤީންކަމުގައި ދެމހުންނާށެވެ! އެކަމުގެ ފައިދާ ދެ ދުނިޔޭގައިވެސް ފެންނާނެއެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން