ކޮންމެ ކަމެއްގަ ހުއްޓަސް ޛިކުރު ކުރުމަކީ ފަސޭހައިން ކުރެވެން އޮތްކަމެއް! ގިނަގިނައިން ޛިކުރު ކުރުންމަތީގަ ހުރުމުން ލިބޭނެ ފައިދާތައް ވަރަށް ގިނަ!: ޝައިޚް ސަމީރު

ކިޔުމަށް ހޭދަވާނީ 3މ 7ސ
ކޮންމެ ކަމެއްގަ ހުއްޓަސް ޛިކުރު ކުރުމަކީ ފަސޭހައިން ކުރެވެން އޮތްކަމެއް! ގިނަގިނައިން ޛިކުރު ކުރުންމަތީގަ ހުރުމުން ލިބޭނެ ފައިދާތައް ވަރަށް ގިނަ!: ޝައިޚް ސަމީރު

- ސިއުޒާ

 

ލޮބުވެތި ޢިއްޒަތްތެރި އަޚުންނާއި އުޚްތުން. އަވަދިނެތި އުޅޭ ވާހަކައަކީ އަޅުގަނޑުމެން އެންމެންވެސް ދައްކާ ވާހަކައެއް. ވަޤުތުނެތް ވާހަކަ، ބިޒީވާހަކަ، މަސެއްކަތްތަކުގައި މަސްއޫލުވާން ޖެހޭ ވާހަކަ. މިއާއެކުގައި އަޅުގަނޑުމެން ކިހިނެއްތޯ ޒިކުރު ކުރާނީ؟ ކިހިނެއްތޯ ޝުކުރު ކުރާނީ؟ ކިހިނެއްތޯ އަޅުގަނޑުމެން އަބަދުމެ ﷲ ސުބުޙާނަހޫ ވަތަޢާލާ ހަނދުމަ ކުރާ ބައެއްގެ ގޮތުގައި ދެމި ތިބޭނީ؟ 

މަސްއޫލުވެ އުޅުން ކަމުގައި ވީނަމަވެސް އަޅުގަނޑުމެން ހިތުން ﷲ ސުބުޙާނަހޫ  ވަތަޢާލާއަށް ޒިކުރު ކުރެވޭނެ. އެ އިލާހުގެ މަތިން އަބަދުމެ އަޅުގަނޑުމެންގެ ހތުގައި ހަނދުމަ ކުރެވޭނެ. އަދި އޭގެ އިތުރުން ޒިކުރެއް ކިޔާލުމަކީ އެހާ އުނދަގޫ ކަމެއް ނޫން. (إِنَّ لَكُمْ بِكُلِّ تَكْبِيرَةٍ صَدَقَةً ) " ތިޔަބައި މީހުންނަށް ކޮންމެ ތަކްބީރެއް الله أكبر ބުނާ ކޮންމެ ފަހަރަކީ ޞަދަޤާތެކެވެ."   (وَكُلُّ تَحْمِيدَةٍ صَدَقَةٌ) " ٱلْحَمْدُ لِلَّهِ އޭ ބުނާ ކޮންމެ ފަހަރަކީ ޞަދަޤާތެކެވެ." ( وَلِكُلِّ تَسْبِيحَةٍ صَدَقَةٌ ) " سُبْحَانَ ٱللَّٰهِ އޭ ކިޔާ ކޮންމެ ފަހަރަކީ ޞަދަޤާތެކެވެ." (وَلكُلِّ تَحْلِيلَةٍ صَدَقَةٌ) " لا إله إلا الله ކިޔާ ކޮންމެ ފަހަރަކީ ޞަދަޤާތެކެވެ."  

އެހެންވީމަ އަޅުގަނޑުމެން ކޮންމެ ކަމެއްގައި އުޅުން ކަމުގައި ވީ ނަމަވެސް ވާރިދުވެފައިވާ ކުދިކުދި އެހެން ނަމަވެސް ދަރުމައާއި ޡަވާބުގެ މަތިވެރި ޒިކުރުތައް އަޅުގަނޑުމެންނަށް ކުރެވޭނެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާ ބެހޭގޮތުން ވާރިދުވެގެން އައިސްފައިވަނީ  (އަރަބި) " އެކަލޭގެފާނު އެކަލޭގެފާނުގެ ހުރިހާ ހިނދުކޮޅެއްގައިވެސް، ހުރިހާ ވަޤުތެއްގައިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ހަނދުމަ ކުރައްވާ ކަމުގައި." އޭގެ ސަބަބުން އަޅުގަނޑުމެންގެ ހިތްތަކަށް ހަމަޖެހުން ލިބެނީ.  

ކިރިތި ޤުރުއާނުގަ މާތް ﷲ ވަޙީ ކުރައްވާފައިވަނީ (ألا بذكر الله تطمئن القلوب) " ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ ހަނދުމަކުރުމުންނޭ ހިތްތަކަށް ހަމަޖެހުން ލިބެނީ" (فَاذْكُرُونِي أَذْكُرْكُمْ) " ތިޔަބައި މީހުން ތިނަން އިލާޙުގެ މަތިން ހަނދުމަ ކުރާށެވެ. ތިމަން އުލާޙުއަށް ޒިކުރު ކުރާށެވެ. އޭރުން ތިމަން އިލާޙު ތިޔަބައި މީހުން މަތިން ހަނދުމަ ކުރައްވާ ޒިކުރު ކުރައްވާ ހުށީމެވެ." ކިހާ މަތިވެރި ނިޢުމަތެއްތޯ؟ އިންސާނާ ބިމުގައި އޭނާގެ ވެރި ރަސްކަލާންގެ މަތިން ހަނދުމަ ކުރީމަ، ރައްބު ޖައްލަ ޖަލާލު ސުބުޙާނަހޫ ވަތަޢާލާ 7 އުޑުގެ މަތިން އޭނާގެ މަތިން ހަނދުމަ ކުރައްވާ ޒިކުރު ކުރައްވަނީ. އެހެންމަ ޒިކުރަކީ އަޅުގަނޑުމެން ކޮންމެ ހިނދެއްގައިވެސް، ކޮންމެ ކަމެއްގައި އަޅުގަނޑުމެން އުޅުނަސް އަޅުގަނޑުމެންގެ ހިތުގަ އަޅުގަނޑުމެންގެ ދުލުގަ އޮންނަންޖެހޭނެ އެއްޗެއް. 


- ޝައިޚް އަހްމަދު ސަމީރު

- މިއަދުނޫސް

މިއަދު އޮންލައިން