އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ނައިބު ރައީސް ތަހުނިޔާ ފޮނުއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ނައިބު ރައީސް ތަހުނިޔާ ފޮނުއްވައިފި

އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހިރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް ތަހުނިޔާ ފޮނުއްވައިފިއެވެ.

އިންޑިއާގެ 80 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ނައިބު ރައީސް ވަނީ، އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ނައިބު ރައީސްގެ މެސެޖުގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތީ ވަރަށް ބަދަހި އަދި ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ ގުޅުމެކެވެ. މީގެ އިތުރުން، ކުރިއަށް އޮތް އަހަރުތަކުގައިވެސް އިންޑިއާއަށް ދެމެހެއްޓެނިވި ސުލްހަ މަސަލަސްކަމާއި، ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ޚާރިޖީ ގުޅުން އިތުރަށް ހަރުދަނާވަމުންދާ މި ދަނޑިވަޅުގައި، ނައިބު ރައީސް މިފަދަ މެސެޖެއް ދެއްވާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރާއި ރަހުމަތްތެރިކަން ރަމްޒުކޮށްދިނުމުގެ ގޮތުންނެވެ. އިންޑިއާގެ މިނިވަން ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖޭގެ އިސްވެރިން ގެންދަވަނީ އެ ގައުމަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވަމުންނެވެ.

މިއަދު އޮންލައިން