މުހިންމީ ﷲ ގެ ރުހިވޮޑިގަތުން ލިބުން! އެއްވެސް މީހަކު ނުރިހިދާނެކަމަށް އިންޗިއެއްވެސް ފަހަތަށް ޖެހުމަކީ އެންމެ ބޮޑު ދެރަ ލިބިދާނެކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
މުހިންމީ ﷲ ގެ ރުހިވޮޑިގަތުން

ލިބުން! އެއްވެސް މީހަކު ނުރިހިދާނެކަމަށް އިންޗިއެއްވެސް ފަހަތަށް ޖެހުމަކީ
އެންމެ ބޮޑު ދެރަ ލިބިދާނެކަމެއް!


 މިހާރަކަށް އައިސް ﷲ ތަޢާލާގެ

އެންގެވުންތައް ދޫކޮށްލައި އެހެން ގޮތްގޮތަށް ޢަމަލުއެބަކުރެއެވެ. ބައެއް ފަހަރު ޢާއިލާއިން ދައްކާ ބިރަށެވެ. އަނެއްބައި ފަހަރު ވަޒީފާގެ ބިރަށެވެ. އަނެއްބައި ފަހަރު ނުފޫޒުގަދަ ކޮންމެވެސް ފަރާތަކުން ދައްކާ ބިރަށެވެ. އަދި ބައެއް ފަހަރު ފިރިން ދައްކާ ބިރަށްވެސްމެއެވެ.

ބިރުވެތިވެ ކިޔަމަންތެރި ވާންވީ ﷲ އާއި ރަސޫލާ ﷺ އަށެވެ. ބައަކު ދައްކާ ބިރަކަށް ސިހި ނުވަތަ އަނެއްބައަކު ރުއްސުމުގެ ބޭނުމުގައި ތިމާގެ ހެޔޮ ޢަމަލުތައް ބާޠިލުކޮށްގެން ނުވާނެއެވެ. ޙައްޤު ގޮތުގައި ޘާބިތުވެ ހުންނަންޖެހޭނެކަމަށް އޮތީ ޤުރްއާނުގައެވެ.

ޤުރްއާނުގެ މަތިން އަމުރުކުރެވޭނީ ކާކަށް ހެއްޔެވެ؟ އެމީހަކު ނުހުންނާނެއެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުންގެ ޢަމަލުތައް ތިޔަބައިމީހުން ބާޠިލްނުކުރާހުށިކަމެވެ!" (މުޙައްމަދު: 33)

ﷲ ތަޢާލާގެ އެންގެވުންތަކަށް ބޯލަނބައި ކިޔަމަންތެރިވާންޖެހޭނެ މިންވަރު ނިކަން އެނގިބަލާށެވެ!

"އެއުރެންގެ މެދުގައި، ޙުކުމް ކުރެއްވުމަށް ﷲ އާއި، އެކަލާނގެ ރަސޫލާގެ އަރިހަށް އައުމަށް، އެއުރެންނަށް ގޮވައިލައްވައިފިހިނދަކު، މުއުމިނުންގެ ބަހެއްކަމުގައިވާކަން ކަށަވަރީ، ތިމަންމެން އަހައިފީމުއޭ، އަދި ތިމަންމެން ކިޔަމަންވެއްޖައީމުއޭ، އެއުރެން ބުނުމެވެ. އަދި ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ." (އަންނޫރު: 51)

ތިބާއަށް އެކަމުގެ މައްޗަށް ޝައްކެތް އޮތްކަމެއްވެސް ނުކުރާށެވެ! ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ހުރިމީހަކަށް ދެރައެއް ދެވޭނެ މީހަކު ނުހުންނާނެއެވެ. ދެރައެއް ދިނަސް އެކަންވާނީ ވަޤުތީ ކަމަކަށެވެ. އެކަމަކުން ﷲ ތަޢާލާ އެމީހަކު ސަލާމަތްކުރައްވަވާނެތެވެ. ހެޔޮ ގޮތްތައް މިންވަރު ކުރައްވަވާނެތެވެ. އިން ޝާ ﷲ


--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން