ސިއުޒާ
ރީނދުލާއި މާމުއީގެ އަޖުމަ މިގޮތަށް ބަލައިލަމާ ހިނގާށެވެ! ތައްޔާރުކޮށްލަންވެސް ވަރަށް ފަސޭހައެވެ. ޚަރަދުވެސް ކުޑައެވެ.
ބޭނުންވާނެ ތަކެތި:
2/1 ޖޯޑު މާމުއި
1 ސައި ސަމުސާ ރީނދޫ
1 ސައި ސަމުސާ އިނގުރު
1 ސައި ސަމުސާ ފޮނި ތޮށި
2/1 ސައި ސަމުސާ އަސޭމިރުސް
މާމުއި ޖޯޑުގެ ތެރެއަށް ރީނދޫ، އިނގުރު، ފޮނިތޮށި، އަސޭމިރުސް އެއްކޮށްލުމަށްފަހު ރަނގަޅަށް ގިރާލާށެވެ. އަދި މުޅިރޭ އެގޮތަށް ބަހައްޓާލާށެވެ.
ކޮންމެ ދުވަހެއްގެ ހެނދުނު މީގެ އެއް ސައި ސަމުސާ ހޫނު ފެނަށް ގިރުވައިލައިގެން ލަސްލަހުން ބޯލާށެވެ. މިއީ އިންފްލެމޭޝަން އަދި ކަކުލުގެ މައްސަލަތަކަށް ވަރަށް ރަނގަޅު ފަރުވާއެކެވެ. އަދި ޖޮއިންޓްތަކުގެ ވޭނުގެ ސަބަބުން ގެއްލިފައިވާ ހަކަތަ އަނބުރާ ލިއްބައިދޭނެއެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު