ރަވާތިބް ސުންނަތް ނަމާދުތަކަށް ސަމާލުކަން ނުދިނުމަކީ ސުވަރުގެ ނުލިބިދާނެ ސަބަބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ރަވާތިބް ސުންނަތް ނަމާދުތަކަށް ސަމާލުކަން ނުދިނުމަކީ ސުވަރުގެ ނުލިބިދާނެ ސަބަބެއް!

އަހުރެން ބުނާނީ ސުންނަތް ނަމާދުތަކުގެ ތެރެއިން އެންމެ ކުޑަމިނުން ރަވާތިބް ސުންނަތް ނަމާދުތަކަށް ސަމާލުކަން ނުދިނުމަކީ ސުވަރުގެ ނުލިބިދާނެ ސަބަބެއް ކަމަށެވެ. މިހެން ބުނުމުން އެއީ ކީއްވެގެންތޯ ސުވާލުކުރާނެ ބައަކު ތިބޭނެއެވެ.  

އެހެންވެ ސަބަބު މިބުނަނީއެވެ. ޤިޔާމަތް ދުވަހުގެ ފުރަތަމަ ސުވާލަކީ ނަމާދުގެ ސުވާލެވެ. އެސުވާލުން ފާސަވާން އެބަޖެހެއެވެ. ފާސްނުވިނަމަ ކުރެވުނު އެހެން ހެޔޮ ޢަމަލުތަކުން ކުރާނެ ފައިދާއެއް ނެތެވެ. އެހެންކަމަށްވާއިރު އަހުރެމެންނަށް ކުރެވޭ ފަރުޟް ނަމާދުތަކުގެ ތެރެއިން ﷲ ތަޢާލާ ޤަބޫލްފުޅު ކުރައްވަވާނެ ފެންވަރަށް ކުރެވުނީ ކިތައް ނަމާދުކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟  

ﷲ ތައާލާ އިރާދަކުރައްވަވާނެ އަޅުންނަށް ދެއްވަވާނެ އެއް ނިޢުމަތަކީ ފަރުޟްނަމާދުތަކުން އުނިވާބައި ސުންނަތް ނަމާދުތަކުން ނަގައި ހަމަކުރުމެވެ. ސުންނަތް ނަމާދުތައް ކުރެވިފައިނުވާނަމަ އެފުރުޞަތުގެ ބޭނުން ހިފޭނީ ކޮން ގޮތަކުން ހެއްޔެވެ؟  

ލޮބުވެތި އެކުވެރިންނޭވެ! އެންމެ ކުޑަމިނުން ރަވާތިބް ސުންނަތްތަކާއި އަދި ނަމާދާއި ގުޅިފައިވާ އެހެން ސުންނަތް ނަމާދުތަކަށްވެސް ސަމާލުކަންދޭށެވެ. ހަމަ ފަރުޟް ނަމާދުތަކާއި އެއް ފެންވަރަކަށެވެ. އެހެން ނަމާދުތައް ކަމަށް މިބުނަނީ ރަވާތިބް ސުންނަތުގެ ތެރޭގައި ނުހިމެނޭ އިހުސުންނަތް ނަމާދުތަކަށާއި ފަހު ސުންނަތް ނަމާދުތަކަށެވެ. 

އަހުރެން ބުނާނީ މިބަޔާންކުރި ސުންނަތް ނަމާދުތަކުގެ އިތުރަށްވެސް ވީހާ ގިނައިން ސުންނަތް ނަމާދުތައްކުރަން ސަމާލުކަންދޭންވާނެ ކަމަށެވެ. ޟުޙާ ނަމާދަށާއި، ވިތުރިއަށާއި ތަހައްޖުދް ނަމާދަށްވެސްމެއެވެ. ނަމާދުގެ ސުވާލުން ފާސްވެ ސުވަރުގެ ވަދެވުމުގެ ފުރުޞަތު ބޮޑުވެގެންދާނެތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން