ބަލިޙާލުގަ ތިބި މީހުންނަށާ ތިމާއަށް ރަޙްމަތަށް އެދިގެން ކުރެވިދާނެ ދުޢާތަކެއް!

ކިޔުމަށް ހޭދަވާނީ 1މ 49ސ
ބަލިޙާލުގަ ތިބި މީހުންނަށާ ތިމާއަށް ރަޙްމަތަށް އެދިގެން ކުރެވިދާނެ ދުޢާތަކެއް!

- ސިއުޒާ

 

ފަރުވާއަށް ކިޔާ ދުޢާ: 

اللَّهُمَّ ربَّ النَّاسِ ، أَذْهِب الْبَأسَ ، واشْفِ ، أَنْتَ الشَّافي لا شِفَاءَ إِلاَّ شِفَاؤُكَ ، شِفاءً لا يُغَادِرُ سقَماً . آمين 

" އޭ ﷲ އެވެ. ތިއީ އެފަދަ ދެވަނައެއް ނުވާ ފަރާތެވެ. މި ދުޢާގެ ސަބަބުން ބަލިވެފައިވާ މީހާއަށް އިބަ ﷲ ގެ އެންމެ ފުރިހަމަ ޝިފާ ދެއްވާންދޭވެ. އޭ ރަޙްމާންވަންތަ ރަސްކަލާންގެއެވެ. އެމީހުންގެ ވޭންތައް ލުއިކޮށްދެއްވާނެދޭވެ. އިބަ ﷲ ގެ ރަޙުމަތް އެމީހުންގެ ނާރުތަކާއި ހަމައަށް ފޯރުކޮށްދެއްވާންދޭވެ.  

ކޮންމެ ދުވަހެއްގެ ޙަޔާތުގައި ދިމާވާ އެކިއެކި ހާދިސާ ތަކާއި ނަފްސާނީގޮތުންވެސް ކެރިގެން އުއުމީދާއިއެކު ކުރިމަތި ލުމުގެ ކުޅަދާނަކަން ދެއްވާންދޭވެ.  

އޭ ﷲ އެވެ. އިބަ ﷲ ގެ އޯގާވަންތަކަމުން، އެބައިމީހުންނަށް އަޅާލާ މީހުންނަށް މަގު ދައްކަވާންދޭވެ.  

އޭ ކަރީމްއެވެ. ގަދަ ތޫފާނަކަށް ފަހު ޖެހިލާ މަޑުމަޑު ވައިރޯޅިއެއްފަދައިން، އެމީހުންގެ ވޭންތައް ސުލްޙައަށް ބަދަލުކޮށްދެއްވާންދޭވެ. އެމީހުންގެ ހަށިގަނޑު އެއްކޮށް ފަސޭހަ ކޮށްދެއްވާންދޭވެ. އަދި އިބަ ﷲ އެ އަޅާދެކެ ލޯބިވާ ކަމުގެ ނިޝާނެއްގެ ގޮތުން އޭނާގެ ހިނިތުންވުން އަނބުރާ ދެއްވާންދޭވެ. 

އޭ ﷲ އެވެ. އެމީހުންގެ އާއިލާތަކަށް ހިތް ހަމަޖެހުން ދެއްވާ، އިބަ ﷲ ގެ ރޭއްވެވުމުގެ މަތިން އެމީހުންނަށް ކެއްތެރިކަން ދެއްވާންދޭވެ. އަދި ބަލި މީހާގެ ވަށައިގެން އިބަ ﷲ ގެ އަލިކަން ފަތުރުއްވަވާ، ބައްޔެއްގެ ހިޔަނިވެސް އެޅުނަ ނުދެއްވާންދޭވެ.

 

- ސޯޝަލް މީޑިއާ 

- މިއަދުނޫސް

މިއަދު އޮންލައިން