އަހުރެމެންގެ ތެރެއިން ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ އަސަތްޣްފިރުﷲ ގެ މާނައަކީ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދެންނެވުން ކަމަށެވެ. ނަމަވެސް މާނަ އަދި އެވަރަކުން ނުނިމެއެވެ.
އަސްތަޣްފިރުﷲ ގެ ފުރިހަމަ މާނައިގައި ކުރެވުނު ފާފަތައް ފޮރުއްވަވައިދެއްވެވުންވެސް ހިމެނެއެވެ. ނަމަވެސް އެކަން އެނގެނީ ވަރަށް ރަނގަޅަށް ޢަރަބިބަސް އެނގޭ މީހުންނަށެވެ. ރަނގަޅަށް ޢަރަބިބަސް ދަސްކުރުމުންނެވެ.
ވީމާ އަސްތަޣްފިރުﷲ ކިޔައި ތައުބާވުމަށްފަހު އިތުރު ފާފައެއް ކުރަން ބޮޑަށް ބިރުވެތިވާންޖެހެއެވެ. ސބަބަކީ ތިމާއަށް ކުރެވުނު ނުވަތަ ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވެވުމަށާއި އެފާފަތައް ފޮރުއްވަވައި ދެއްވެވުމަށްފަހު އަލުން ފާފަކުރުންވާނީ ވަރަށް ލަދުވެތިކަންވެސް ބޮޑު ކަމަކަށްކަމަށްވާތީއެވެ.
ކޮންމެ ދުވަހަކުވެސް މާނައަށް ބިރުވެތިވެގެންހުރެ މަދުވެގެން 100 ފަހަރު އަސްތަޣްފިރުﷲ ޛިކުރުކުރާށެވެ! އަދި ޢަމަލުކުރަން މަސައްކަތްކުރާށެވެ! އެމީހަކަށް ފާފަތައް ފުއްސަވައި ދެއްވަވައި އަދި ފޮރުއްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން