ﷲ ނޫން ފަރާތެއް ގަންދީ ހުވާނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ﷲ ނޫން ފަރާތެއް ގަންދީ ހުވާނުކުރާށެވެ!

ހޭލުންތެރިކަން ކުޑަވުމުން ނުވަތަ ނުއެނގޭތީ ބައެއް ގޯސްތައް ހެދެއެވެ. އެއިގެ ތެރެއިން އެއްކަމަކީ ﷲ ތަޢާލާ ނޫން ފަރާތްތައް ގަންދީ ހުވާކުރުމެވެ. ވީމާ މިކަމަށް އޮތް ޙުކުމް ދެނެގަންނަމާ ހިނގާށެވެ! 

ހަމަ ކިރިޔާ ކަމެއް މެދުވާއިރަށް ތިމާ ބުނަނީ ޙައްޤުބަސްތައް ކަމުގައި ދެއްކުމަށްޓަކައި ނުވަތަ ތިމާގެ ތެދުވެރިކަން ސާބިތުކޮށްދިނުމުގެ ގޮތުން މައިން ބަފައިންނާއި އަނބިދަރިން ގަންދީ ބައެއް މީހުން އެބަ ހުވާކުރެއެވެ.  

ފުރަތަމަ ކަމަކީ ﷲ ތަޢާލާ ނޫން ދެވަނަ އެއްވެސް ފަރާތެއް ގަންދީ ހުވާ ނުކުރަން ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވުމެވެ. ރަސޫލް (ﷺ) ވަނީ އެކަމުގެ ސަބަބުވެސް ޙަދީޘްފުޅު ކުރައްވަވައިފައެވެ. އެއީ ތިބާ ހަދަނީ ތެދެއްކަން މައިންބަފައިންނަށާއި އަނބިދަރިންނަށްވެސް އަދި އެހެން މީހަކަށްވެސް ނުއެނގޭނެތީއެވެ. އެމީހުންނަށްވެސް އެނގޭނީ އެމީހުންނާއި ގުޅިގެން ނުވަތަ އެމީހުން ބައިވެރިކޮށްގެން ކޮށްފައި ހުންނަ ކަންކަން އެކަނި ކަމުގައި ވާތީއެވެ. އެހެންވެސް އެއްވެސް ކަމެއް ނުއެނގޭނެތީއެވެ.  

Prophet Muhammad (ﷺ) said:

 "Do not swear by your fathers, or by your mothers, or by rivals to Allah; and swear by Allah only, and swear by Allah only when you are speaking the truth."

Sunan Abi Dawud 3248 

ވީމާ ތިބާ ހާމަކުރަނީ ތެދު ޙަޤީޤަތް ނަމަ ހުވާކުރަންވީ ތިބާ ދައްކާ ވާހައިގެ ޙަޤީޤަތް، ދޮގު ތެދު ދެނެވޮޑިގެންވާ ﷲ ތަޢާލާ ގަންދީ އެކަންޏެވެ. އެހެން އެއްވެސް ފަރާތެއް ގަންދީ ހުވާކޮށްގެން ނުވާނެއެވެ. އެއީ އަނބިދަރިން އަދި މައިންބަފައިން ކަމުގައިވީނަމަވެސްމެއެވެ. ތިބާ ދައްކާ ވާހަކައިގެ ޙަޤީޤަތް އެމީހުންނަށް އެނގޭނީވެސް ކިހިނަކުން ހެއްޔެވެ؟

ބައެއް މީހުންނަށް މިފަދަ ކަންކަން ކުރެވެނީ ނުއެނގިތިބެއެވެ. ހިތުގައި އަނބިދަރިންނަށާއި މައިންބަފައިންނަށް އޮންނަ ލޯބީގެ ބޮޑުކަމުން އެފަދަ ބަސްތައް ބުނެވެނީއެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް ކުރާނަމަ ﷲ ތަޢާލާ އަންގަވާފައިވާ މަގުން ކަންކަން ކުރަން ސަމާލުކަން ދޭށެވެ! ހަމައެކަނި ﷲ ތަޢާލާ ގަންދީ ހުވާކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން