ބޭނުންވާ ކަނަތައް ބަޔާންކޮށް ދުޢާނުކުރިޔަސް ބޭނުންވެގެންހުރި ހުރިހާ ކަމަކާ އުފާވެރިކަން ދެއްވަވާނެ މަގު މިއޮތީ ފެންނަން!: ޑރ. ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ބޭނުންވާ ކަނަތައް ބަޔާންކޮށް ދުޢާނުކުރިޔަސް ބޭނުންވެގެންހުރި ހުރިހާ ކަމަކާ އުފާވެރިކަން ދެއްވަވާނެ މަގު މިއޮތީ ފެންނަން!: ޑރ. ޢުމަރު ސުލައިމާން

މިބަސްކޮޅު ޚާއްޞަކޮށް މިލަނީ އެކިއެކި ކަންކަމަށް ބޭނުންޖެހިގެން ތިބި މީހުންނަށެވެ.  

އަހުރެން މިބަޔާންކުރަނީ ޞަޙީޙް ޙަދީޘްފުޅުން އެނގެން އޮތްކަމެކެވެ. ޙަދީޘްފުޅުގައި އޮތީ ކޮންމެ ކަމަކަށް ބޭނުންވެގެންހުރެ ނަމަވެސް ތިމަން ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ)ގެ މައްޗަށް ސަލާމާއި ޞަލަވާތް ލެއްވެވުން އެދިގެން ދުޢާކޮށްފި މީހަކަށް އޭނާ އެދިގެން ހުރި ހުރިހާ ކަންކަމާއި އުފާވެރިކަން ދެއްވަވާނެ ކަމަށެވެ. އެއީ ބޭނުންވެގެން ހުރި ކަންތައް ހިންމަވައިދެއްވެވުމާއިއެކު ހެޔޮ ގޮތްތައް މިންވަރު ކުރެއްވެވުމެވެ.  

ވީމާ ދަތިޙާލަތުން އަރައިގަތުމަށްވެސް، ހިތްދަތިކަމަކުން އަރައިގަތުމަށްވެސް އަދި އެހެން ކަމަކަށް ބޭނުންވިނަމަވެސް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ!  

އެއީ ވަރަށް ފަސޭހައިން ކުރެވޭނެ ކަމެކެވެ. އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް ކުރެވޭނެ ކަމެކެވެ. އޮތީ ކިޔެވުން ގިނަކުރުމެވެ. ވީމާ ކުރު ޞަލަވާތެއް ނަމަވެސް ކިޔެވުން ގިނަކުރާށެވެ! ކިޔަވާ ޢަދަދަކަށްވެސް ބަލާނެކަމެއް ނެތެވެ. ވަޤުތެއްވާއިރަށް ކިޔަވަމުން ގެންދަންވީއެވެ.

ދުޢާއަކީ އަހުރެމެން އެންމެންގެ ފާފަތައް ފުއްސަވައިދެއްވެވުމެވެ. ބޭނުންޖެހިގެން ތިބި ކަންކަން ފުއްދަވައިދެއްވެވުމެވެ. ހެޔޮ ގޮތްތައް މިންވަރުކުރެއްވެވުމެވެ. އާމީން

 

- ޑރ. ޢުމަރު ސުލައިމާނުގެ ދަރުސަކުން

- މިއަދުނޫސް

މިއަދު އޮންލައިން