ލ. މާވަށު ބިންހިއްކުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި އެމްޓީސީސީން ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ލ. މާވަށު ބިންހިއްކުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި އެމްޓީސީސީން ނިންމާލައިފި

ލ. މާވަށުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، އެރަށުގެ ބިންހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މަޝްރޫޢަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މާވަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ މި މަސައްކަތުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނެފައިވަނީ، ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މާވަށު ބިންހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ.

މާވަށަކީ އާބާދީ އިތުރުވަމުން އަންނަ އަދި އިޤްތިޞާދީ ގޮތުން ކުރިއަރަމުން އަންނަ ރަށަކަށް ވުމާއެކު، ބޯހިޔާވަހިކަމަށާއި އިޤްތިޞާދީ އެކި ބޭނުންތަކަށް ބިން އިތުރުކުރުމަކީ އެރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދިޔަ ކަމެކެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ނިމިގެން ދިޔުމަކީ ރަށުގެ ތަރައްޤީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ އަސާސީ ޚިދުމަތްތަކާއި ތަރައްޤީގެ މަޝްރޫޢުތައް ހަލުވި ދުވެލީގައި ކުރިއަށް ގެންދިޔުމަށް ޚާއްޞަ އިސްކަމެއް ދެއްވަމުން ގެންދަވާއިރު، އެމްޓީސީސީން އަންނަނީ މި މަޝްރޫޢުގެ ދަށުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައްވެސް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންނެވެ.

މިއަދު އޮންލައިން