ބޭންކިންގެ އިސް މަގާމުތަކުގައި ދިވެހިންގެ ނިސްބަތް 80 ޕަސެންޓަށް ހަދަން އަމާޒު ހިފައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ބޭންކިންގެ އިސް މަގާމުތަކުގައި ދިވެހިންގެ ނިސްބަތް 80 ޕަސެންޓަށް ހަދަން އަމާޒު ހިފައިފި

ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ބޭންކިން ދާއިރާގެ އިސް މަގާމުތަކުގައި މަސައްކަތްކުރާ ދިވެހިންގެ ނިސްބަތް 80 ޕަސެންޓަށް އިތުރުކުރުމަށް އަމާޒު ކަނޑައަޅައި، އެ މަސައްކަތް ފައްޓަވާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު މިރޭ ވިދާޅުވެއްޖެ އެވެ.

ގަވަރުނަރު މިކަން ހާމަކުރެއްވީ ސައްތައިން ސައްތަ ދިވެހި ބޭންކެއް ކަމުގައިވާ މޯލްޑިވްސް ޕްރިމިއަރ ބޭންކް (އެމްޕީބީ) ގެ ޑިޖިޓަލް މަންސަތައް ރަސްމީކޮށް އިފުތިތާޙުކުރުމަށްޓަކައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު ވިދާޅުވީ، ރާއްޖޭގެ ބޭންކިން ދާއިރާގެ މެނޭޖްމަންޓް ލެވެލް ނުވަތަ އިސް މަގާމުތަކުގައި މިހާރުވެސް ވަރަށް ގިނަ އަދަދަކަށް ބޭރުގެ މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެފަދަ މަގާމުތަކުގެ 40 އިންސައްތައަކީ ބިދޭސީންކަން ފާހަގަކުރައްވައި، މިއީ ބަދަލުކުރަންޖެހިފައިވާ ހާލަތެއް ކަމަށް ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ، މާލީ ދާއިރާގެ އިސް ސަފަށް ދިވެހިން ނެރުމަކީ މުހިންމު ކަމެއް ކަމަށާއި، މި ބަދަލު ގެނައުމަށްޓަކައި އެމްއެމްއޭއިން ޚާއްސަ އަމާޒެއް ކަނޑައަޅައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބޭންކުތަކުގެ އިސް މަގާމުތަކުގައި ތިބޭ ދިވެހިންގެ ނިސްބަތް 80 އިންސައްތައަށް ގެންދިއުމަކީ މައިގަނޑު އެއް ލަނޑުދަނޑި ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މިއަދު އޮންލައިން