ކުރާ އަޅުކަމަކަށް 10 ޘަވާބު، ކުރާ ފާފައަކަށް އެންމެ ޢަޛާބެއް ކަމަށް ބަލައިގެން އުޅޭ މީހަކަށް ޤިޔާމަތްދުވަހު ސަލާމަތެއް ނުވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ކުރާ އަޅުކަމަކަށް 10 ޘަވާބު، ކުރާ ފާފައަކަށް އެންމެ ޢަޛާބެއް ކަމަށް ބަލައިގެން އުޅޭ މީހަކަށް ޤިޔާމަތްދުވަހު ސަލާމަތެއް ނުވެވޭނެ!

ބައެއް މީހުންނަށް ވިސްނެނެނީ އަޅުކަމެއްކޮށްލާއިރަށް 10 ޘަވާބު ދެއްވަވާނެ ކަމެވެ. ފާފައެއް ކުރުމުން ދެއްވަވާނީ އެންމެ ޢަޛާބވެއް ކަމެވެ. އެގޮތަށް ވިސްނާ މީހުން ނިކަން ބުނެބަލާށެވެ! ތިބާކުރި އަޅުކަން ޤަބޫލުފުޅުކުރެއްވެވިކަން އެނގުނީ ކިހިނަކުން ހެއްޔެވެ؟ ކުރި ފާފައަށް ދެއްވަވާނެ ޢަޛާބުގެ ބޮޑުކުޑަމިން އެނގުނީ ކިހިނަކުން ހެއްޔެވެ؟ އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. ވީމާ އެމީހަކަށް އެވެއްޓިގަނެވެނީ ނަރަކައަށް ނޫންހެއްޔެވެ؟ 

މައްސަލަތައް އުފެދެނީ ކުރެވޭ އަޅުކަމުގެ ޢަދަދުބެލުމާއި ކުރެވޭ ފާފަތަކުގައި މިން އަޅައި ކުޑަބޮޑު ބަލަންފެށުމުންނެވެ. ރަނގަޅަށް ވިސްނާށެވެ! މި ބުނި 2 ކަންތައް ކުރާ މީހަކު އެހުރީ މަގުގެއްލިފައެވެ. ސުވަރުގެ ލިބުމާއި ދުރަށް ޖެހެވިފައެވެ. ވީމާ އެއީ ކުރަން ވަރަށް ނުރައްކާތެރި 2 ކަންތަކެވެ.  

ކުރެވޭ އަޅުކަމުގެ ޢަދަދު ބެލުން ކަމަށް މިބުނަނީ ކުރާ ފަރުޟުނަމާދުތަކާއި ސުންނަތް ނަމާދުތައް ފަދަ ކަންކަމުގެ ޢަދަދު ބެލުމަކަށް ނޫނެވެ. އެކަންކަން ފުރިހަމައަށް ކުރެވޭކަން އެނގޭނީވެސް ޢަދަދު ބަލައިގެންނެވެ. ނަމަވެސް މިބުނަނީ މިއަދުވެސް މިހައި ގިނަ އަޅުކަންކޮށްފިން ކަމަށްޤަބޫލުކޮށް ހިތްހަމަޖައްސައިލާ މީހުންގެ ވާހަކައެވެ.  

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ފަރުޞު 5 ނަމާދުކޮށްލައި ރަމަޟާން މަހު ރޯދަ ހިފޭނަމަ ޤަބޫލުކުރެވުނީ އެއޮތީ ހުރިހާ އަޅުމެއް ފުރިހަމަކުރެވިފައި ކަމަށެވެ. ނަމަވެސް އެއީ ހަމަ މުޅިން ނުބައި ވިސްނުމެކެވެ. ކުށް ހީއެކެވެ.  

ފުރިހަމައަށް އީމާން ވެވިއްޖެނަމަ ސުވަރުގެ ވަދެވެންދެން ވެސް އުޅޭނީ ކުރެވޭ އަޅުކަން މަދުވެގެންނެވެ. ކިތަންމެ ގިނަ އަޅުކަން ކުރެވުނު ނަމަވެސް ހިތެއް ނުފުރޭނެއެވެ.  

އަހަރެމެން ކުރާ އަޅުކަން ﷲ ތަޢާލާ ޤަބޫލުފުލު ކުރެއްވވިކަން މިދުނިޔޭގައި ހުއްޓައި އެނގޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. އެންމެ އަވަހަށްވެސް އެނގޭނީ މަރުވުމުންނެވެ. މަރުގެ މަލާއިކަތާ ފުރާނަ ހިއްޕަވަން ވަޑައިގަތުމުންނެވެ. އެހެންކަމަށްވާއިރު ފުދޭވަރަށް އަޅކަން ކުރެވިއްޖެ ކަމަސް ބަލައި ނިންމައިލާނީ ކިހިނަކުން ހެއްޔެވެ؟   

Prophet Muhammad (ﷺ) said,

"A believer never satisfies doing good until he reaches Jannah."

At- Tirmidhi, Book 13, Hadith 1386 

މީސްތކުންނޭވެ! އަޅުކަން ކުރުމަކީ ހަށިގަނޑުގައި ނޭވާ ހިނގާހައި ހިނދަކު ހުއްޓައިލެވެން އޮތް ކަމެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ ގަދަ އަޅައި މަސައްކަތް ކުރަންވީ ވީހައިވެސް ގިނައިން އަޅުކަން ކުރެވޭތޯއެވެ! ކިރިޔާވެސް ސަލާމަތްކަމެއް ލިބުން ވަނީ އެއިރުންނެވެ. މިބަޔާންކުރި ޙަދީޘްފުޅުން މިކަންކަން ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ. ޙަދީޘްފުޅުގައި އެއޮތީ އީމާންވެގެން ހުރި މީހަކުނަމަ ސުވަރުގެ ވަދެވެންދެން އޭނާގެ ހިތް ނުފުރޭނެކަމަށެވެ. ހެޔޮ ޢަމަލުތައް ކުރުން ހުއްޓައިނުލާނެ ކަމަށެވެ.

 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން