ޢިބްރަތްތެރި ވާހަކަ: ނުއެނގިހުރެ ދޮންމަންމަދެކެ ލޯބިވެ ކައިވެނިކުރަން އުޅެވުނު ޒުވާނެއްގެ ވާހަކަ- ސިއްރުން ޅަކުދިންނާ އިނދެފަ ވަރިކުރާނަމަ ވާނީ މިހެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޢިބްރަތްތެރި ވާހަކަ: ނުއެނގިހުރެ ދޮންމަންމަދެކެ ލޯބިވެ ކައިވެނިކުރަން އުޅެވުނު ޒުވާނެއްގެ ވާހަކަ- ސިއްރުން ޅަކުދިންނާ އިނދެފަ ވަރިކުރާނަމަ ވާނީ މިހެން!

އެދެމަފިރިންގެ ހުންނަނީ އެންމެ ދަރިއެކެވެ. އެއީ ފިރިހެން ދަރިއެކެވެ. އެއްދުވަހަކު އަންހެނަކާއި އޭނާގެ ދަރިފުޅު ގޮވައިގެން ގެއަށްގޮސް މަންމަގެ ގާތުގައި ބުނީ އެއީ އޭނާގެ ލޯބިވެރިޔާ ކަމަށާއި 3 އަހަރު ދޮށުވެފައި ދަރިއަކު އޮތް ނަމަވެސް ކައިވެނިކުރަން ބޭނުންވާ ކަމަށެވެ.  

މަންމައަކަށް އެކަމަށް ޤަބޫލެއް ނުވެވުނެވެ. ނަމަވެސް ދަރިފުޅު ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. ބުނީ ލޯބިވެރިޔާއަކީ ވަރަށް ރަނގަޅު އަންހެނެއް ކަމަށާއި އަދި އޭނާއަކީ ވަރަށް ނިކަމެތި އަންހެނެއް ކަމަށެވެ. ވީމާ ބޭނުމީ ކައިވެނިކުރަން ކަމަށެވެ.  

މައްސަލަ ދެމައިންގެ މެދުގައި ވަރަށް ހޫނުވެފައިވަނިކޮށް ބައްޕައަށް ގެއަށް އައުދެވުނެވެ. ޖެހިގެން އުޅޭ މައްސަލަ އެނގުމުން ވަރަށް ދެރަވެފައި ބުންޏެވެ. "ދަރިފުޅު ބައްޕައަށް މާފުކުރާށެވެ! އަނބިމީހާވެސް މާފުކުރާށެވެ! ތިއަ ކައިވެންޏެއް ނުކުރެވޭނެއެވެ. އޭނާގެ އެހުރީ އަހުރެންގެ ދަރިއެކެވެ. ވަރިކުރީ ކައިވެނިކޮށްގެން 2 އަހަރުވަންދެން އުޅެފައެވެ. ދަރިފުޅު ތިއަ ބުނަނީ ތެދކެވެ. ޝީލާއަކީ ވަރަށް ރަނގަޅު އަންހެނެކެވެ. ކުށްކުރެވުނީ ބައްޕައަށެވެ."  

އެހިސާބުން ދަރިފުޅު އެއްވެސް އެއްޗެއް ނުބުނެއެވެ. ދެމައިން ގޮވައިގެން ގެއިން ނުކުމެގެންދިއައީއެވެ. އޭނާ ޝީލާއަށް ވަޢުދުވިއެވެ. "ކައިވެނި ދުވަހަކު ނުކުރެވުނަސް އަހުރެން ދުނިޔޭގައި ހުރިހާ ދުވަހަކު ދޮންމަންމައަށް އެހީތެރިވާނަމެވެ. މިކަމުގައި ދޮންމަންމަގެވެސް އަހުރެންގެވެސް ކުށެއް ނެތެވެ. ތަޤްދީރެވެ."  

މިފަދަ ކަންކަން މެދުވެރިވަނީ ޢާއިލާއަށް ސިއްރުން ކައިވެނިކުރާތީއެވެ. ދަރިން ލިބުމުން ވަރިކޮށް އެއްލައިލާތީއެވެ. ދެއަންތބަށް ކައިވެނިކުރަން އަނބިމީހާގެ ހުއްދަނަގަން ނުޖެހޭކަމަށްބުނެ ސިއްރުން ކައިވެނިކުރުމަށްފަހު ޒިންމާ ނުއުފުލާނަމަ މިފަދަ ދެރަގޮތްތައް ދާނީ މެދުވެރިވަމުންނެވެ.

 

- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން