ސިއުޒާ
ބޭނުންވާނެ ތަކެތި:
1 އާފަލު
ރޯޒްމެރީ
ބޭލީފް
ފެން
އާފަލު ތޮއްޓާއެކު ކޮށާލާށެވެ. އަދި ތެއްޔަކަށް ފެންފޮދު، އާފަލު، ރޯޒްމެރީ އަދި ބޭލީފް ކޮޅު އަޅާލުމަށް ފަހު 5 މިނިޓް ވަންދެން ރަނގަޅަށް ކައްކާލާށެވެ. ކެކި ނިމުމުން ފުރާނާލާށެވެ. މި ބުއިން ބޭނުން ކުރާނީ ދުވާލަކު ދެ އިރު ކެއުމުގެ ކުރިންނެވެ.
ހަޤީޤަތަށް ބަލައިފިނަމަ ހަށިގަނޑަށް ޖަރާސީމްތައް ވަނުމެއް ނުހުއްޓުވޭނެއެވެ. ކުރެވިދާނެ ކަމަކީ މިފަދަ ބުއިމެއް ބޭނުންކުރުމެވެ. އެއިރުން އެތެރެވާ ޖަރާސީމްތައް ހަށިގަނޑުން ބޭރުވެގެން ހިނގައިދާނެއެވެ. އެއީ ބަލިތައް ނުޖެހި ބަލިން ސަލާމަތްވުމަށާއި އަދި ބަލީގައި ބޮޑުވަރު ނުވުމަށްވެސް ހޯދަމުން ގެންދެވިދާނެ ފަރުވާއެކެވެ.
--މަޢުލޫމާތު: ޞިއްޙީ ޚަބަރު
- މިއަދުނޫސް