އަނބިން ކޮށްދޭ ޚިދުމަތް ހެޔޮލަފާ ފިރިންނަށް ބަލައިނުގަނެވޭ އެންމެ ބޮޑު ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އަނބިން ކޮށްދޭ ޚިދުމަތް ހެޔޮލަފާ ފިރިންނަށް ބަލައިނުގަނެވޭ އެންމެ ބޮޑު ސަބަބު!

ބައެއް އަނބިން ބުނެއެވެ. "އަހުރެންގެ ފިރިމީހާއަށް ކޮށްދޭންޖެހޭ ހުރިހާ ޚިދުމަތްތަކެއް އެންމެ ފުރިހަމައަށް ކޮށްދެމެވެ. އެއްވެސް ކަމަކަށް އެދޭކަށްވެސް ނުޖައްސަމެވެ. އެކަމަކުވެސް އަހުރެން ކޮށްދޭ ކަންކަން ފިރިމީހާ ބަލައެއް ނުގަނެއެވެ."  

މިޙާލަތުގައި ބުނަންޖެހެނީ އެއްވެސް ކަމެއްގައި ސައްތައިން ސައްތަ ނުބުނެވޭނެއެވެ. އެހެނީ ކޮންމެ މޯީހަކީވެސް ތަފާތު މީހަކަށްވުމުން ޙާލަތު ބަދަލުވެދާނެއެވެ. ޢަމަލުތައް ނުވަތަ ކަންކުރާ ގޮތްވެސް ތަފާތުވެދާނެއެވެ. ވީމާ ވާހަކަ ދައްކަން މިޖެހެނީ ކުރެވޭ ދިރާސާތަކަށް ބަލައިގެންނެވެ. މީހުންނަށް ކުރެވޭ ތަޖުރިބާއަށް ބަލައިގެންނެވެ.  

އެގޮތުން ބަލާނަމަ ހެޔޮލަފާ ފިރިންގެ ކިބައިން މިބުނި މައްސަލަ ފެންނާނީ އަނބިމީހާ އޭނާއަށް ކޮށްދޭންޖެހޭ ކަންކަން ކިތަންމެ ރަނގަޅަށް ކޮށްދިންނަމަވެސް އޭނާއަށް ކުރަންޖެހޭ އީހްތިރާމާއި ޤަދަރުނުކުރާތީއެވެ. 

ދެން ބަލައިލަންވީ ކުރަންޖެހޭ އިޙްތިރާމާއި ޤަދަރަކީ ކޮބައިތޯއެވެ. އެއީ ހަމައެކަނި ޒުވާބު ނުކުރުމެއް ނޫނެވެ. ޖަދަލުނުކުރުމެއްވެސް ނޫނެވެ. ފިރިމީހާ ކުރަން ބުނާކަންކަން ނުކޮށް ލަސްކުރުމާއި ފިރިމީހާ ނުރުހޭނެ ކަންކަން ކުރުމަކީވެސް ޤަދަރުކުޑަކުރުމެވެ. ގިނަ ފިރިން އެކަންކަން ފާހަގަކުރާނީ އެންމެ ބޮޑު މައްސަލައިގެ ގޮތުގައެވެ.  

ވީމާ ފިރިމީހާއަށް ކިޔަމަންތެރިވާށެވެ! ފިރިމީހާ ބުނާ ކަންކަމަށް ސަމާލުކަން އިތުރުކުރާށެވެ. މިކަންކަން މިހައި ބޮޑު މައްސަލައަކަށްވެގެން މިއުޅެނީ ޝައިޠޯނާގެ ބަހަށް ހެއްލެވޭތީއެވެ. ފިރިމީހާއަށް ކިޔަމްނތެރިވުމަކީ ތިމާގެ އަގުވެއްޓޭ ކަމެއްކަމަށް ވިސްނޭތީއެވެ. އެވިސްނުން ދޫކޮށްލާށެވެ. ﷲ ތަޢާލާ އަންގަވާފައިވާ އަންތބަކަށްވާށެވެ. ފިރިމީހާގެ ކިބައިން ބޭނުންވާ ހުރިހާ ކަމެއްވެސް ޙާޞިލުކުރެވޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން