ކޮންމެ ދުވަހަކުވެސް ކުރަން ފައިދާހުރި 3 ދުޢާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކޮންމެ ދުވަހަކުވެސް ކުރަން ފައިދާހުރި 3 ދުޢާ!

މުސްލިމުންގެ ޙަޔާތުގެ ހުރިހާ ކަމެއްވެސް ގުޅިފައިވަނީ ދުޢާކޮށް ﷲ ތަޢާލާގެ ހަޟްރަތުން ވާގިއެދުމާއިއެވެ. މުސްލިމުން އެންމެ ގިނައިން ކުރަންޖެހޭ ކަމަކީވެސް ދުޢާ ކުރުމެވެ. ކޮންމެ ކަމެއް ކުރަން ފެށުމުގެ ކުރިންވެސް އޮތީ ދުޢާކުރުމެވެ. ފަށަމުން ދުޢާކުރަންވީ އެކަން ކުރުމަށް މަގުފަހިކޮށްދެއްވެވުން އެދިގެންނާއި އެކަމުގައި ބަރަކާތް ލެއްވެވުން އެދިގެންނެވެ.

ހަމަ އެފަދައިން އެކަމެއް ކުރެވުމުން ﷲ ތަޢާލާއަށް ޙަމްދުކޮށް ދުޢާކުރަންވާނެއެވެ. އެއީ ޝުކުރުވެރިވުމުގެ ގޮތުންނެވެ. ނިދަމުންވެސް ނިދީން ހޭލެވުމުން ވެސް ކުރަން އޮތް ކަމަކީ ހަމަ ދުޢާކުރުމެވެ.  

އެވަރަކުންވެސް ނުފުދެއެވެ. ދެއްވަވާ ކޮންމެ ނިޢްމަތަކާއި ގުޅިގެންވެސް ދުޢާކުރަން އެބަޖެހެއެވެ. ވީމާ ދުޢާ ކުރުމާއި މުސްލިމުންނާއި ދުރުވެގެންވާނެ އެންމެ ވަގުތުކޮޅެއްވެސް ނެތެވެ. ވީމާ ކޮންމެ ދުވަހަކުވެސް ގިނަގިނައިން މިފަދަ ދުޢާތައް ކުރުންމަތީގައި ދެމިތިބޭށެވެ!  

"ޔާ ﷲ! މިއަޅާގެ މައްޗަށް ރަޙުމް ކުރައްވަވާނދޭވެ! ބިރުވެރިކަމާއި ކަންބޮޑުވުންތަކުން މިއަޅާގެ ހިތް ސަލާމަތްކޮށްދެއްވަވާނދޭވެ! އަދި މިއަޅާގެ ހިތަށް އަމާންކަމާއި އޮމާންކަން މިންވަރުކުރައްވަވާނދޭވެ!" 

"ޔާ ﷲ! މިއަޅާއަށް އިނބަ ﷲ ކުރިމަތިކުރައްވަވާފައިވާ އެންމެހައި ދަތި އުނދަގޫތަކަށާއި މުޞީބާތްތަކަށް ކެތްތެރިވުމުގެ ބާރާއި އެކަންކަމުން ސަލާމަތްވެވޭނެ ގޮތުގެ ވިސްނުން މިއަޅާއަށް ދެއްވަވާނދޭވެ!"  

"ޔާ ﷲ! މިއަޅާގެ ޢުމުރުން ބާކީ އޮތް ވަގުތުކޮޅު އިނބަ ﷲގެ މަގުގައި ސާބިތުވެ ހުރެ ޙަޔާތް ވޭތިކުރުމުގެ ތައުފީޤް މިއަޅާއަށް ދެއްވަވާނދޭވެ!" 

މި 3 ދުޢާ އެކުއެކުގައިވެސް ކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން