ޢާއިޝަތު ރަފާޙް ޢަލީ ސިރާތު މަގު ހުރަސްކުރެވޭ ދުވެއްޔަކީ އިއްތިފާގަކުން ނުވަތަ ނަސީބުން ވާކަމެއް ނޫނެވެ. އެއީ ދުނިޔޭގައި މީހަކު ކުރާ އަމަލުތަކުގެ މައްޗަށް ބިނާވެ، ކަނޑައެޅޭ 9 ދުވެއްޔެކެވެ. އެންމެ ހަލުވި ދުވެލި (ވިދުވަރެއް ފަދައިން): މިއީ ސިރާތު މަގު ހުރަސްކުރެވޭނެ އެންމެ އަވަސް ގޮތެވެ. މި ދުވެލީގައި ހުރަސްކުރާ މީހުންގެ ވަށައިގެން ގަދަފަދަ ނޫރެއް ވާނެއެވެ. އަދި ނަރަކައިގެ ބިރުވެރިކަމެއް ނެތި، އެސްފިޔަޖަހާލާހާ ހިނދުކޮޅެއްގެ ތެރޭގައި ސުވަރުގޭގެ ދޮރުމައްޗަށް ފޯރާނެއެވެ. މި ދަރަޖަ ލިބޭ ސަބަބު: މިފަދަ ހަލުވި ދުވެއްޔެއް ލިބެނީ ފަސް ނަމާދު ވަގުތުން އަދާކުރުމާއި، ކީރިތި ޤުރުއާނާ ގާތް ގުޅުމެއް ބެހެއްޓުމާއި، ތައުޙީދުގެ މަތީގައި ސާބިތުވެ ހުރުމާއި، ބޮޑެތި ފާފަތަކުން ދުރުހެލިވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ދުނިޔޭގެ އަމަލުތަކުގެ މުހިންމުކަން: އިންސާނާގެ ޙަޔާތުގެ ފޮތް އަދިވެސް ދަނީ ލިޔެވެމުންނެވެ. ވަގުތުން ނަމާދު ކުރުމާއި، ޤުރުއާން ކިޔެވުމާއި، ޞަދަޤާތް ދިނުމަކީ އާޚިރަތުގައި ސިރާތު މަގު ހުރަސްކުރާނެ ދުވެލި އަވަސްކޮށްދޭ ކަންކަމެވެ. ދެވަނަ ގޮތް - ވައިރޯޅިއެއް ފަދައިން :މިއީ ދެވަނައަށް އެންމެ ހަލުވި ދުވެއްޔެވެ. ނޫރުގެ އަލީގައި، ނަރަކައިގެ އަންގާރަ އަލިފާނާއި ނުރައްކާތަކުން ރެކިގެން ވަރަށް އަވަހަށް ފާލަން ހުރަސްކުރެއެވެ. މި ދަރަޖަ ލިބެނީ ސާބިތު އީމާންކަމާއެކު ގަވާއިދުން ނަމާދާއި، ޤުރުއާނާއި، ޞަދަޤާތަށް ރައްކާތެރިވާ މީހުންނަށެވެ. ތިންވަނަ ގޮތް - ދޫންޏެއް އުދުހޭ ފަދައިން: މިއީ ތިންވަނަ ދަރަޖައެވެ. އެންމެ ހަލުވި ނުވި ނަމަވެސް، ހާސްކަމެއް ނެތި އަމިއްލަ ކޮންޓްރޯލްގައި ދަތުރުކުރާ ދުވެއްޔެކެވެ. މިއީ ހެޔޮލަފާ، ނަމަވެސް އަޅުކަމުގައި ހުރިހާ ވަގުތަކު އެއްވަރަކަށް ސާބިތުނުވެވޭ މީހުންނަށް ލިބޭ ދުވެއްޔެކެވެ. ތިންވަނަ ދަރަޖަ ރަނގަޅުކުރުން: ދޫންޏެއްގެ ދުވެލީގައި ހުރަސްކުރެވޭ މީހުންނަކީ ގިނަ ނަމާދުތައް ވަގުތުން އަދާކޮށް، ބޮޑެތި ފާފަތަކުން ދުރުހެލިވާ މީހުންނެވެ. މިއަށްވުރެ އަވަސް ދުވެއްޔެއް ހޯދުމުގެ ހައްލަކީ އަޅުކަމުގައި ސާބިތުވެ، ފަސް ނަމާދާއި ޤުރުއާން ކިޔެވުން ކޮންމެ ދުވަހެއްގެ އާދަޔަކަށް ހެދުމެވެ. ހަތަރުވަނަ ގޮތް - އަސް ދުވާ ފަދައިން: މިއީ މެދު މިންވަރެކެވެ. އަވަހެއްވެސް އަދި މާ ލަހެއްވެސް ނޫނެވެ. ޙާލަތު: ނަރަކައިގެ ހޫކްތައް (ކަންތިތައް) ގައިގައި އަޅައިގަންނަން އުޅުނަސް ކިރިޔާ ސަލާމަތްވެގެން ކުރިއަށް ދެވެއެވެ. ސަބަބު: އަޅުކަމުގައި ސާބިތުކަން ކުޑަވުމެވެ (ބައެއް ދުވަސްދުވަހު ނަމާދު ދޫކޮށްލެވުން، ކުދި ފާފަތަކަށް އަރައިގަނެވުން). ހައްލު: ފަތިސް ނަމާދު އަދާކުރުމާއި، ކޮންމެ ދުވަހަކު މަދުވެގެން އެންމެ އާޔަތެއް ނަމަވެސް ކިޔަވައިގެން ސާބިތުކަން އިތުރުކުރުމެވެ. ފަސްވަނަ ގޮތް - ޖަމަލެއްގެ ދުވެލީގައި: މިއީ ގިނަ މުސްލިމުންގެ ހަގީގީ ހާލަތެވެ. ޙާލަތު: ދަތުރު ވަރަށް ލަހެވެ. އަދި އުނދަގޫވެފައި ވަރުބަލިކުރުވައެވެ. ނުރައްކާތަކުން ރެކެވެނީ ވަރަށް ކިރިޔާއެވެ. ސަބަބު: އީމާންތެރިކަން އޮތްނަމަވެސް، ދުނިޔޭގައި ފަރުވާކުޑަ ދިރިއުޅުމެއް އުޅެފައިވުމެވެ. އުންމީދު: މިއީ އަދި ނިމުމެއް ނޫނެވެ. އިޚުލާޞްތެރި ތައުބާއަކުންނާއި ވަގުތުން ކުރާ ނަމާދަކުން މި ހާލަތު ބަދަލުކުރެވިދާނެއެވެ. ފެށުމުގެ މުހިންމުކަން: ބަދަލެއް އައުމަށް މުޅިން ފުރިހަމަވުން ކޮންމެހެން ބޭނުމެއް ނޫނެވެ. ބޭނުންވަނީ އިޚްލާޞްތެރި ފެށުމެކެވެ. ނަމަވެސް ބަދަލެއް ނައިސްފިނަމަ ކުރިމަތިވާނީ ވަރަށް ބިރުވެރި މަރުޙަލާތަކެކެވެ. ހަވަނަ ދަރަޖަ - ދުވެފައި ހުރަސްކުރުމުގެ: ޙާލަތު:މިއީ އަމާން ދަތުރެއް ނޫނެވެ. ހާސްކަމާއި، ބިރުވެރިކަމާއި، މާޔޫސްކަން އެކުލެވިގެންވާ ދުވެއްޔެކެވެ. ނަރަކައިގެ ކަންތިތަކުން ހަންގަނޑު ކޮޅާލައި، ގަދަކަމުން ސަލާމަތްވާން އުޅެނިކޮށް ވެއްޓިގެންދެއެވެ. ސަބަބު: ތައުބާވުން މާބޮޑަށް ލަސްކުރުމާއި، ނަމާދުތަކަށް ފަރުވާކުޑަކޮށް، ބޮޑެތި ފާފަތަކުގައި އަހަރުތަކެއް ހޭދަކުރުމެވެ. ހަތްވަނަ ދަރަޖަ - ހިނގާފައި ހުރަސްކުރުން: ޙާލަތު: ވަރަށް ލަސް، ވޭނީ އަދި ބަލަން އުނދަގޫ ހުރަސްކުރުމެކެވެ. ކޮންމެ ފިޔަވަޅަކީ ތަދާއި ވޭނެކެވެ. ކަންތިތަކުން ހަށިގަނޑު ކަފަމުންދާއިރު، އިލާހީ ރަޙުމަތަށް އެދި ރޮއި އާދޭސްކުރެވެއެވެ. ސަބަބު: ނަމާދުތައް މުޅިން ދޫކޮށްލައި، ޤުރުއާނަށް ފުރަގަސްދީ، ބޮޑެތި ފާފަތަކަކީ އާދައިގެ ކަމެއްގެ ގޮތުގައި ދެކުމެވެ. އުންމީދު: ހިނގޭކަމުގެ މާނައަކީ ހިތުގައި އީމާންކަމުގެ ކުޑަ ދިރުމެއް އަދިވެސް އޮތުމެވެ. އެންމެ ނަމާދަކުން ނަމަވެސް އައު ފެށުމަކުން ފެށުމަށް ފުރުޞަތު އެބައޮތެވެ. އަށްވަނަ ދަރަޖަ - ފިރުކެމުން ހުރަސްކުރުން ޙާލަތު: މިއީ ސަލާމަތްވެވޭނެ އެންމެ ލަސް ދުވެއްޔެވެ. ކޮޅަށް ނުހުރެވި، ކަކޫމައްޗާއި އަތްމަތީގައި އަމިއްލަ ނަފްސު ދަމަމުން އިންޗިއަކުން އިންޗިއަކުން ކުރިއަށް ފިރުކެނީއެވެ. ސަބަބު: ބޭކާރު ގޮތުގައި ހޭދަކުރެވުނު ޙަޔާތެއްގެ ނަތީޖާއެވެ. ސަލާމަތްވެވެނީ ހަމައެކަނި ހިތުގައި އޮތް ކުޑަކުޑަ އީމާންކަމުގެ ކޮޅުންނެވެ. ފިރުކެމުން ހުރަސްކުރުމުގެ ނުރައްކާތެރިކަން: ޙާލަތު: އަތްތިލައާއި ކަކޫ ޒަޚަމްވެ، ލޭއޮހޭ ހާލުގައި އިންޗިއަކުން އިންޗިއަކުން ފިރުކެނީއެވެ. ނަރަކައިގެ ހޫކްތައް ގައިގައި އަޅައިގަނެ، ތިރިއަށް ވެއްޓެން އުޅޭ ވަގުތު ކިރިޔާ ސަލާމަތްވެ، ބިރުން ރޮއި އާދޭސްކުރެވެއެވެ. ސަބަބު: ނަމާދުތައް ދޫކޮށްލުމާއި، ފާފަކުރުން އާދައަކަށް ހެދުމާއި، ޤުރުއާން ހަނދާން ނައްތާލުމެވެ. ނަމަވެސް، ހިތުގައި ބާކީ އޮތް ކުޑަކުޑަ އީމާންކަމުގެ ސަބަބުން ސަލާމަތްވުމުގެ މަގު ފަހިވެއެވެ. ނުވަވަނަ ދަރަޖަ - ނަރަކައަށް ވެއްޓުން (އެންމެ ނުބައި ނަތީޖާ): ޙާލަތު: އެއްވެސް ދުވެއްޔެއް އަދި އަލިކަމެއް ނެތެވެ. ފާލަން މައްޗަށް ފިޔަވަޅު އަޅާއިރަށް ހޫކްތަކުން ހިފަހައްޓައި، ތިރިއަށް ދަމައި، ސިރާތު މަގު ހުރަސްނުކުރެވި ނަރަކައިގެ އަލިފާނުގެ ތެރެއަށް ވެއްޓެނީއެވެ. ސަބަބު: އީމާންކަން މުޅިން ގެއްލި، ނަމާދު ދޫކޮށް، ފާޅުގައި ބޮޑެތި ފާފަތަކަށް އަރައިގަނެ، ތައުބާނުވެ ހުރުމެވެ. ނަސޭހަތް: އަދިވެސް ފުރުޞަތު އެބައޮތް: މަރުވުމުގެ ކުރިން، މި ލިޔުން ކިޔަން ހުރި ވަގުތަކީ ތައުބާވުމަށް ލިބޭ ރަން ފުރުޞަތެކެވެ. އަމަލުތައް ފެށުން: މިރޭ މިވަގުތުން ފެށިގެން އިޚްލާޞްތެރި ތައުބާއަކާއެކު އެންމެ ނަމާދަކުން ނަމަވެސް އަޅުކަން ފަށާށެވެ. ދުނިޔޭގެ ދިރިއުޅުން: ދުނިޔޭގައި ކުރާ ކޮންމެ ހެޔޮކަމަކާއި ފާފައަކުން ދުރުހެލިވާ ދުރުހެލިވުމަކީ އާޚިރަތުގައި ސިރާތު މަގު ހުރަސްކުރާނެ ދުވެލި ކަނޑައަޅައިދޭ ބިންގަލެވެ. - ތަރުޖަމާއެއް - މިއަދުނޫސް