އުފަންދުވަސް ފާހަގަކުރުމާއިބެހޭ ގޮތުން ގިނަ ބައަކު ސުވާލުކުރެއެވެ. އެހެންވެ އަހުރެމެން މުސްލިމުންނަށް އެންމެ ފައިދާހުރި ގޮތް ބުނެލާނަމެވެ. އެއީ ސުންނަތުން ފެންނަން އޮތް ގޮތެވެ.
ކޮންމެ ހޯމަ ދުވަހަކު ރޯދަހިއްޕަވާ ސަބަބު ބަޔާންކޮށްދެއްވަވަމުން ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެދުވަހަކީ ތިމަންކަލޭގެފާނު ދުނިޔެއަށް އުފަންވެވަޑައިގެންނެވި ދުވަސްކަމަށެވެ. އަދި ތިމަންކަލޭގެފާނަށް ފުރަތަމަ ވަޙީ ބާވައުލެއްވެވުނު ދުވަސް ކަމަށެވެ.
ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އެދުވަސް ފާހަގަކުރައްވަވަން މީސްތަކުންނަށް ޖާފަތް ދެއްވަވައެއް ނުހައްދަވައެވެ. މަސައްކަތްޕުޅު ކުރައްވަވާފައިވަނީ ﷲ ތަޢާލާ އެންމެ ރުހިވޮޑިގަންނަވާ ޢަމަލު ކުރެއްވެވުމަށެވެ. ރޯދަހިއްޕަވައި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯއްދެވުމަށެވެ. ދެން ނިކަން ބުނެބަލާށެވެ! އުފަންދުވަސް ފާހަގަކުރުމަށް ކުރަން މިއަށްވުރެ ފައިދާހުރި ކަމަކީ ކޮބައިހެއްޔެވެ؟
Abu Qatadah reported: The Prophet, peace and blessings be upon him, was asked about fasting on Monday. The Prophet said, “That is the day I was born and the day I was sent with revelation. Fasting three days of every month and Ramadan after Ramadan is like fasting for a lifetime.”
Source: Ṣaḥīḥ Muslim 1162
Grade: Sahih (authentic) according to Muslim
އިތުރު ކަމެއްވެސް ފާހަގަކޮށްލާނަމެވެ. އެއީ ބައިބަލްއިން އެނގެން އޮތްގޮތުގައި ދުނިޔޭގައި އެންމެ ފުރަތަމަ އުފަންދުވަސް ފާހަގަކުރަން ބޮޑު ޙަފްލާއެއް ބޭއްވީ ﷲ ތަޢާލާ އެމީހަކަށް ލަޢްނަތް ލެއްވެވި ފިރުއަޢުނެވެ. ޤައުމުގެ އެންމެންނަށް އޭނާ ބޮޑު ޖާފަތެއް ދިނެވެ.
ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެއްވެސް ކަމެއްގައި ކާފިރުންނާއި އެއްގޮތް ނުވުމަށެވެ. އަހުރެން އުންމީދުކުރަނީ މިނަޞީހަތްކޮޅުން ފުދޭނެ ކަމަށެވެ.
މިޙަދީޘްފުޅުގައި އޮތަތީ އިތުރު ކަމެއްވެސް ފާހަގަކޮށްލާނަމެވެ. އެއީ ރަމަޟާން މަހުގެ ހުރިހާ ދުވަހެއްގެ އިތުރުން މަހަކު 3 ދުވަހު ރޯދަހިފުމެވެ. އެއިރުން އެމީހަކަށް އެހުރެވެނީ ޢުމުރުގެ ހުރިހާ ދުވަސްތަކެއްގައި ރޯދަހިފުންމަތީގައެވެ. މިއީ ނުކޮށް ދޫކޮށްލަން ހެޔޮވާނެ ކަމެއް ހެއްޔެވެ؟
- އުސްތާޛާ މިޒުނާ
- މިއަދުނޫސް