ލޯބީގެ އަވާމެންދުރުން ހޭލައި ޙަޤީޤީ ދިރިއުޅުމަކަށް އެދޭނަމަ ދަސްކުރަން ފައިދާހުރި ފިލާވަޅުތަކެއް!

ކިޔުމަށް ހޭދަވާނީ 3މ 51ސ
ލޯބީގެ އަވާމެންދުރުން ހޭލައި ޙަޤީޤީ ދިރިއުޅުމަކަށް އެދޭނަމަ ދަސްކުރަން ފައިދާހުރި ފިލާވަޅުތަކެއް!

ސިއުޒާ

 

ތިބާ މާ ގިނައިން ކަންކަމު ކިޔާ ކަމުގެ އިހްސާސް އެމީހުން ތިބާއަށް ކުރުވުން. 

ލޯތްބާއި، އިޙްތިރާމާއި އަދި ތެދުވެރިކަން ފަދަ ކަންކަމަށް ތިބާ ބޭނުން ވުމުން އޭގެ ބަދަލުގައި އެމީހަކު ކުށްވެރިއަކީ ތިބާކަން އިހްސާސް ކުރުވާނަމަ، އަޑުހާށެވެ.

އިހުގެ މީހުން ބުނެ އުޅޭ ވާހަކައެއް އައްސަވާށެވެ. "ރަނގަޅަށް ކާއެތިކޮޅު ނުދޭ ކުއްޖަކު، މަޑުމަޑުން ކާނާއަށް އެދުން ހުއްޓާލާނެއެވެ."  

ހަމަ މިފަދައިން ބައެއް ގުޅުންތަކުގައިވެސް ވެއެވެ. އެހެން މީހުން، އެމީހުންގެ ކިބައިން ތިބާ މާ ގިނައިން ކަންކަމަށް ބޭނުންވާ ކަމުގެ އިހްސާސް ތިބާއަށް ކުރުވާނަމަ އެއީ އެމީހުންނަށް ޓަކާ ތިބާގެ އަމިއްލަ ވަޤުތު ބޭކާރު ކުރަނީއެވެ. ރަނގަޅަށް ވާހަކަ ދައްކާލަން ބޭނުންވުމުންވެސް ތިބާއަށް ނުފުދޭ މިހެއް ކަމަށް ބުނެވެއެވެ.  ތިބާ ތެދުވެރި ކަމަށް އެދުމުން އެހެން މީހުން ތިބާއީ ޝައްކުން ފުރިފައިވާ މީހެއްކަމަށް ބުނެއެވެ. ތިބާއާއި އެކު ވަޤުތު ހޭދަކުރުމަށް ބުނުމުން އެމީހުން ތިބާ މާ ގިނައިން ކަންކަމަށް ޑިމާންޑް ކުރަނީ ކަމުގެ އިޙްސާސް ކުރުވައެވެ.

އަހާށެވެ. ލޯބި، އިޙްތިރާމް، ތެދުވެރިކަން އަދި ސަމާލުކަން ބޭނުންވުމަކީ މާ ބޮޑުކަމެއް ނޫނެވެ. އެއީ ދުޅަހެޔު ގުޅުމެއްގައި ހުންނަން ޖެހޭނެ އެންމެ އާދައިގެ ކަންކަމެވެ.

ގޯސް މީހެއްނަމަ ތިބާގެ އެންމެ ކުދިކުދި ބޭނުންތައްވެސް އެއީ ބުރައަކަށް ވާނެއެވެ. ރަނގަޅު މީހެއް ނަމަ އެކަމެއް ފުއްދައިދޭން މަސައްކަތް ކުރާނެއެވެ. ސަބަބަކީ އެމީހުން ތިބާ ގެއްލިގެން ދާކަށް ބޭނުމެއް ނުވާނެއެވެ.  

ހަނދާން ކުރަންވީ، ތިބާއަށް އެމީހަކަށް ދެވިދާނެ ލޯތްބަކަށް ތިބާ އުއްމީދު ކޮށްގެން އެކަމަށް މާފަށް ނޭދޭށެވެ. ތިބާގެ އަގު ތިބާ ދަންނާށެވެ.  

އެމީހުން ހަމައެކަނި ތިބާދެކެ ލޯބިވާނީ އެކަން ފަސޭހަވީމައެވެ.  

މީހަކު ތިބާ ދެކެ ލޯބިވަނީ އެމީހުންނަށް އެކަން ފަސޭހަ ވީމަ ކަމުގައި ވާނަމަ، އަޑު އަހާށެވެ. އިހުގެ މީހުން ބުނެއުޅެއެވެ. "ތިބާގެ ރަޙްމަތްތެރިއަކީ ހަމައެކަނި ކާނާ ތައްޔާރު ވުމުން އަންނަ ރަޙްމަތްތެރިއެއް ނަމަ އޭނާ އެއްގޮތަކަށްވެސް ކެއްކުމަކަށް ޝައުޤެއް ނުހުންނާނެއެވެ."  އެމީހުން ފުށުން ލޯބި ފެންނާނީ އެމީހުންނަށް ފައިދާއެއް ވާނަމައެވެ. އަދި އެމީހުން ތިބާއަށް ގުޅާނީ އެމީހުން އެކަނި ވާ ހިނދުގައެވެ. އެމީހުން ތިބާއަށް ރަނގަޅު ވާނީ އެމީހުން ތިބާގެ ފަރާތުން ކަމެއް ބޭނުން ވީމައެވެ. އެމީހުން ތިބާއަށް ސަމާލުކަން ދޭނީ ހަމައެކަނި އެމީހުންނަށް ތިބާ ގެއްލޭކަމުގެ އިޙްސާސް ކުރެވުނީމައެވެ. އެހެނަސް އެމީހުން ބޭނުންވާ ކަންކަން ފުރިހަމަ ވާއިރަށް އެމީހުން ތިބާއާ ދުރަށް ދާނެއެވެ.

ހަޤީގީ ލޯބި ބަދަލެއް ނުވާނެއެވެ. އެއީ ހަމައެކަނި ފަސޭހަވީމަ ފެންނާނެ އެއްޗެއް ނޫނެވެ. ހަނދާން ކުރަންވީ ތިބާ ދެކެ ލޯބިވާ މީހަކު ލޯބިވާނީ ހަމައެކަނި އެމީހުންނަށް އެކަން ބޭނުންވީމައެއް ނޫނެވެ. އުނދަގޫ ހާލަތުގައިވެސް އެމީހަކު ތިބާ އިޚްތިޔާރު ކުރާނެއެވެ. ތިބާގެ އަގު ތިބާ ދަންނާށެވެ. އަދި އަމިއްލަ ނަފްސު އެފަދަ މީހަކަށް ޤުރުބާން ނުކުރާށެވެ. 

އެމީހުން ތިބާގެ އަމިއްލަ ނަފްސާއި މެދު ތިބާގެ ހިތުގައި ޝައްކު އުފައްދާނެއެވެ.  

އެ ގުޅުމަކީ ތިބާގެ އަމިއްލަ ނަފްސާއި މެދު ސުވާލު އުފައްދާ  ގުޅުމެއް ނަމަ، އަޑުއަހާށެވެ. އިހުގެ މީހުން ބުނެއުޅެއެވެ. " މާ ކިތަންމެ ރީތި ވީ ނަމަވެސް، ނުރަނގަޅު ވެލީގައި އެ ގަސް އިންދައިފި ނަމަ، އެ މާ އަބަދުވެސް ވިސްނާނީ އޭގެ އެއްވެސް އަގެއް ނެތް ކަމުގައެވެ."

އެމީހުން އާދަކޮށްވެސް ތިބާގެ ކިބައިގައި ޤާބިލް ކަމެއް ނެތް ކަމުގައި އިޙްސާސް ކޮށްދޭނަމަ އެއީ ރަނގަޅު ބައެއް ނޫނެވެ. ތިބާ އަދި ކިތަންމެ ބުރަކޮށް މަސައްކަތް ކުރި ނަމަވެސް އެމީހުން އަބަދުވެސް ޝަކުވާ ކުރާނެ ކަމެއް ހޯދާނެއެވެ. އެމީހުން އުފާ ކޮށްދޭން މަސައްކަތް ކުރުމުގެ އާދަ ބަދަލުކޮށްލާށެވެ.  

ތިބާ ލޯބި ސާބިތު ކޮށްދޭން މަސައްކަތް ކުރެއެވެ. އަދި ތިބާ އިތުރު ފުރުސަތުތައްވެސް އެމީހުންނަށް ދެނީއެވެ. އެކަމަކުވެސް އެމީހުން ތިބާއަށް އިޙްސާސް ކޮށްދެނީ މައްސަލައަކީ ތިބާ ކަމުގައެވެ. ތިބާގެ އަމިއްލަ ނަފްސާއި މެދު ތިބާގެ ހިތުގައި ޝައްކު އުފައްދާ މީހަކި ރަނގަޅު މީހެއް ނޫނެވެ. އަދި ރަނގަޅު މީހެއް ނަމަ، ތިބާގެ އަގު ތިބާއަށް ހަނދާން ކޮށްދޭނެއެވެ.

ދުޅަހެޔޮ ގުޅުމެއް ނަމަ ތިބާގެ ކޮންފިޑެންސް ވަރުގަދަ ވާނެއެވެ. އަދި ތިބާއަށް އެކަމުން އަމާން ކަން ލިބޭނެއެވެ. ތިބާގެ އަމިއްލަ ނަފްސާއި މެދު ޝައްކެއް ނުއުފެދޭނެއެވެ.  

ހަނދާން ކުރަންވީ، ފަހަރެއްގައިވެސް ތިބާގެ އަގު ވަޒަން ކުރުމުގެ ޤާބިލް ކަން ނެތް މީހަކު ތިބާގެ އެއްވެސް އަގެއް ނެތް ކަން ސާބިތު ކޮށްދޭނެ ފުރުސަތު ނުދޭށެވެ. ރަނގަޅު މީހަކު ތިބާގެ ޤާބިލް ކަން ސާބިތު ކޮށްދިނުމުގައި ތިބާގެ ޙަޔާތް ވޭތު ކުރިއަކަ ނުދޭނެއެވެ. އެމީހުން އެކަން ބަލައި ގަންނާނެއެވެ. އިޙްތިރާމެވެސް ކުރާނެއެވެ. އަދި ތިބާ އާއި އެކުގައި ވީތީ ﷲ އަށް ޝުކުރު ކުރާނެއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން