އަންނަ އަހަރަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓުގެ ގޮތުގައި 227 މިލިޔަން ރުފިޔާ ކަނޑައަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
އަންނަ އަހަރަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓުގެ ގޮތުގައި 227 މިލިޔަން ރުފިޔާ ކަނޑައަޅައިފި

އަންނަ އަހަރަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓުގެ ގޮތުގައި 227 މިލިޔަން ރުފިޔާ ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މިގޮތަށް ކަނޑައަޅައި ބަޖެޓު ފާސްކޮށްފައިވަނީ އާންމު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ އާންމު ކޮމިޓީގައި ވާހަކަދައްކަވަމުން މަޖިލީހުގެ އިދާރާއިން ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި، އައު މަގާމުތައް އުފެއްދުމުގެ އިތުރުން އެއްވެސް އައު އެލަވެންސެއް ތައާރަފުކުރުން ފަދަ ކަންކަން ހިމަނާފައި ނުވާނެ ކަމަށެވެ.

މި ހިނގާ އަހަރަށް މަޖިލީހަށް ކަނޑައަޅާފައިވަނީ 226 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް، އަންނަ އަހަރަށް 227 މިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހެޅީ މަޖިލީހުގެ އިމާރާތާއި ވަސީލަތްތައް މަރާމާތު ކުރުމަށް ކުރަންޖެހޭ ޚަރަދުތަކާއި، މަޖިލީހުގެ ޖަލްސާތަކުގައި ބޭނުންކުރާ ތަފާތު ސާމާނުތަކުގެ ސްޕެއަރއަށް ކުރަންޖެހޭ ޚަރަދު އިތުރުވެފައިވާތީ ކަމަށް މަޖިލީހުގެ އިދާރާއިން މައުލޫމާތު ދެއްވައެވެ.

މީގެއިތުރުން، އަންނަ އަހަރު މަޖިލީހުގެ 'ނިއު ޕޮލިސީ އިނީޝިއޭޓިވް' ގެ ދަށުން މުހިންމު 3 މަޝްރޫއެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ މަޖިލިސް އިމާރާތުގައި އައު ލިފްޓެއް ހަރުކުރުމާއި، ސެކިއުރިޓީ ރޫމާއި ވެއިޓިން ރޫމުގެ ބައެއް މަސައްކަތްތައް ކުރުމުގެ އިތުރުން، މަޖިލީހުގެ މައި އިމާރާތުގެ ޕޯޓިކޯ ސަރަހައްދުގެ ކޮރިޑޯ އޭސީ ކުރުމުގެ މަސައްކަތެވެ.

މިއަދު އޮންލައިން