ސަޢުދީ ސަފީރު، ޔަޙްޔާ ޙަސަން އަލްޤަޙްޠާނީގެ އަރިހަށް ޑރ.ޝަހީމް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ސަޢުދީ ސަފީރު، ޔަޙްޔާ ޙަސަން އަލްޤަޙްޠާނީގެ އަރިހަށް ޑރ.ޝަހީމް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަޙްޔާ ޙަސަން އަލްޤަޙްޠާނީގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ، ސަޢުދީ ޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް ބަހައްޓަވާ ގާތްކަމާއި އިސްލާމީ ދާއިރާއިން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި ވަޒީރުގެ ވާހަކަފުޅުގައި ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ސަޢުދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާއި ދެމެދު ގުޅުން އިތުރަށް ބަދަހިވެފައިވާއިރު، ދިވެހި ޙައްޖުވެރިންނަށް ސަޢުދީ ޢަރަބިއްޔާއިން އިތުރު ލުއިފަސޭހަ އިންތިޒާމުތަކެއްވެސް ހަމަޖައްސަވައިދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

މިއަދު އޮންލައިން