ތައުބާވުން ތިއަލަސްކުރަނީ ތައުބާވުމުގެ ފުރުޞަތު ތިބާއަށް ގެއްލޭނެ ވަޤުތު ތިބާއަށް އެނގޭތީތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ތައުބާވުން
ތިއަލަސްކުރަނީ ތައުބާވުމުގެ ފުރުޞަތު ތިބާއަށް ގެއްލޭނެ ވަޤުތު ތިބާއަށް
އެނގޭތީތަ؟

 

އެކަމެއް ކުރަން ކިތަންމެ ބޮޑަށް ބޭނުންވިނަމަވެސް ކުރެވޭނީ އެމީހަކަށް އެކަމެއް ކުރަން ﷲ ތަޢާލާ ފުރުޞަތު

ދެއްވަވާ ކަންކަމެވެ. ފުރުޞަތު ނުދެއްވަވާ އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އަދި ފުރުޞަތު ދެއްވަވާނީ އެމީހަކު އެކަމަށް އެދިގެން ަމސައްކަތްކުރުމުންނެވެ.

އެއްވެސް މީހަކަށް ނުފިލޭނެ ދެކަމެއް ވެއެވެ. އެއީ މަރުވުމާއި ﷲ ތަޢާލާގެ ޢަޛާބެވެ! އަދިކީއްހެއްޔެވެ؟ މަރު ތިބާގެ ތައުބާއަކަށް ފުރުޞަތެއް ނުދޭނެއެވެ. މަރުގެ މަލާއިކަތާ ތިބާގެ ލޮލަށް ފެންނަހިނދުން ފެށިގެން ތައުބާވުމުގެ ދޮރު ބަންދުވީއެވެ. ފުރުޞަތު ގެއްލުނީއެވެ. ވީމާ ބުއްދިވެރިންނަށް އޮތީ ގިނަގިނައިން ތައުބާވެ ހެޔޮ ޢަމަލުތައް ކުރުންމަތީގައި ދެމިތިބުމެވެ.  

ދުނިޔެމަތިން ލިބިދާނެ އަދަބަށް ފިލުމުގެ ފުރުޞަތު ބައެއް މީހުންނަށް ﷲ ތަޢާލާ ދެއްވަވައެވެ. އެފަދަ މީހުން އެހެން ޤައުމުތަކަށް ގޮސް ޙިމާޔަތް ހޯދައެވެ. ނޫނީ ﷲ ތަޢާލާ މިންވަރު ކުރެއްވެވި މުއްދަތަކަށް ފިލައިގެންވެސް އުޅެއެވެ. އަދި މިންވަރުކުރައްވަވައިފިނަމަ މުޅި އުމުރުގައިވެސް ފިލައިގެން އެބަ އުޅެވެއެވެ.  

ކިތަންމެ ބޮޑު ފާފައެއް، ކިތަންމެ ގިނައިން ކުރެވިފައިވީ ނަމަވެސް މާޔޫސް ނުވާށެވެ! ތައުބާވުން އަވަސްކުރާށެވެ! ޙަރަމްފުޅާއި ދިމާއަށް މޫނު ކުރިމަތިކުރާށެވެ! އަވަހަށް ސަޖިދަކުރާށެވެ! މާނައަކީ 2 ރަކްޢަތް ނަމާދެއްލާށެވެ! ސަޖިދައިގައި އޮވެ ދުޢާކޮށްލާށެވެ! ކުރެވޭ ކުށަށް މާފުކުރަން އުނދަގޫވަނީ އިންސާނުންނަށެވެ! ގިނަގިނައިން ފާފަތައް ފުއްސަވައި ދެއްވެވުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ.   

"އުސްވެގެންވާ ގަދަފަދަ ކިއްލާތަކެއްގެ ތެރޭގައި ތިއަބައިމީހުން ތިބިކަމުގައިވިޔަސް، ތިއަބައިމީހުން ތިބި ކޮންމެ ތަނަކުން މަރު، ތިއަބައިމީހުން އަތުލާނެތެވެ. އެއުރެންނަށް ހެޔޮގޮތެއް މެދުވެރިވެއްޖެނަމަ، މިއީ، ﷲގެ ޙަމްރަތުން އައިކަމެކޭ އެއުރެން ބުނެތެވެ. އަދި، އެއުރެންނަށް ދެރަގޮތެއް މެދުވެރިވެއްޖެނަމަ، މިއީ، ކަލޭގެފާނުންގެ ފަރާތުން އައިކަމެކޭ އެއުރެން ބުނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކޮންމެކަމަކީވެސް، ﷲ ގެ ޙަމްރަތުން އަންނަ ކަމެކެވެ. ފަހެ، މިބައިމީހުންނަށް އެއްވެސް ވާހަކައެއް ވިސްނޭން ގާތްވެސްނުވެ އެތިބީ ކީއްވެފައި ބާވައެވެ؟" (އައްނިސާ: 78) 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން


 

 

މިއަދު އޮންލައިން