މިދެސިފަ ހުރި ފިރިއަކު ލިބިއްޖެނަމަ އެމީހަކަށްވުރެ އުފަލުގަ އުޅެވޭނެ އަންތބަކު ނުވެސް ހުންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
މިދެސިފަ ހުރި ފިރިއަކު ލިބިއްޖެނަމަ އެމީހަކަށްވުރެ އުފަލުގަ އުޅެވޭނެ އަންތބަކު ނުވެސް ހުންނާނެ!

މިހާރަކަށް އައިސް ރަނގަޅާ ނުބައި ވަކިކުރަން މިއޮންނަނީ ނުއެނގިފައެވެ. މިވެނި މީހަކީ ރަނގަޅު މީހެއްކަމަށް ބުނަން ބިރުގަންނަން ޖެހެއެވެ. އެހެންކަމާއިއެކު ރަނގަޅު ފިރިންގެ ކިބައިން ފެންނާނެ ބައެއް ސިފަތައް ބުނެލާނަމެވެ.  

1.    އަނބިމީހާ ނަލަހައްދާފައި ބައިންދަން ބޭނުންވާނެއެވެ. އޭނާގެ އެކުވެރިންނަށްވުރެ ރީތިކޮށް ބައިންދަން ބޭނުންވާނެއެވެ. އަދި ދަރިންވެސް ނަލަހައްދައި ރީތިކޮށް ބައިތިއްބަން ބޭނުންވާނެއެވެ. ވީމާ އަތުގައި ހުރިވަރަކުން އަނބިމީހާއަށާއި ދަރިންނަށް ޚަރަދުކުރާނެއެވެ.  

އެކަމަކު އޭނާގެ ފޭރާމަށް ސަމާލުކަމެއް ނުދޭނެއެވެ. ބައުވެ ވީދެންދެން ބޭނުންކުރާނެއެވެ. އެއީ އޭނާވެސް ރީތި ފޭރާން ބޭނުންނުވާތީއެއް ނޫނެވެ. އަނބިދަރިންނަށް ޚަރަދުކޮށްފައި އިތުރުނުކުރެވޭތީ ނުގަނެވެނީއެވެ.  

އެބާވަތުގެ ފިރިންގެ އަނބިން ފިރިމީހާއަށް އެއްޗެއް ގަނެދޭން އުޅުނަސް ބުނާނީ ގަންނާނީ ފަހުން ކަމަށެވެ. އެއީ އެފައިސާވެސް އަނބިދަރިންނަށް ޚަރަދުކުރަންޖެހިދާނެކަމަށްޓަކައެވެ.  

2.    މިބާވަތުގެ ފިރިން މަސައްކަތް ނިމުމުން ގިނަ ވަޤުތު ހޭދަކުރާނީ ގޭގައެވެ. ހިތްހަމަޖެހުން ހޯދާނީ އަނބިދަރިންގެ ކިބައިންނެވެ. އެމީހުން ރީތިކޮށް ތިބޭތަން ބަލައިގެންނެވެ. ވީމާ ދެބަސްވާންޖެހުން ވަރަށް މަދުވާނެއެވެ. ބޭވަފާތެރިވުމުގެ މައްސަލަތައް ޢަމުދުން ކުރިމަތިނުވެސްވާނެއެވެ.

މިދެސިފަ ހުރި ފިރިއަކު ލިބިއްޖެނަމަ އޭނާގެ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ނުކުރާށެވެ. ލޯބިދީގެން ލޯބިން އެކުގައި އުޅެން މަސައްކަތްކުރާށެވެ. ހިތާމައަކީ އެފަދަފިރިން މަދުކަމެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން