ބަލި ޙާލެއްގަ އުޅެން ޖެހުނަސް، ކިތަންމެ ބޮޑު ކަމެއް ކުރިމަތިވިޔަސް އެކަމުން ސަލާމަތްވެވޭނީ ކޮންއިރަކުން ކަމާއިމެދު އަމިއްލަ ނަފްސާވެސް ސުވާލުނުކޮށް މިދިފަދައިން ދުޢާކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ބަލި ޙާލެއްގަ އުޅެން ޖެހުނަސް، ކިތަންމެ ބޮޑު ކަމެއް ކުރިމަތިވިޔަސް އެކަމުން ސަލާމަތްވެވޭނީ ކޮންއިރަކުން ކަމާއިމެދު އަމިއްލަ ނަފްސާވެސް ސުވާލުނުކޮށް މިދިފަދައިން ދުޢާކުރާށެވެ!

ކިތަންމެ ބޮޑު ކަމެއް ކުރިމަތިވިނަމަވެސް އެއްވެސް މީހަކު ތިބާގެ ގާތަށް އައިސް އެހީތެރިވެދޭނެކަމަށް ހީވެސް ނުކުރާށެވެ. އެކަމަށް އުންމީދުވެސް ނުކުރާށެވެ! އެއިގެ ބަދަލުގައި ﷲ ތަޢާލާ ތިމާއަށް އެހީތެރިވެވޮޑިގަންނަވާނެކަމުގެ ޔަޤީންކަމުގައި ހުންނާށެވެ!  

ބަލި ޙާލެއްގައި އުޅެންޖެހުނަސް ނުވަތަ ކިތަންމެ ބޮޑު ކަމެއް ކުރިމަތިވި ނަމަވެސް މިޙާލަތުން ތިމާއަށް ސަލާމަތްވެވޭނީ ކޮންއިރަކުން ކަމާއިމެދު އެންމެ ކުޑަމިނުން އަމިއްލަ ނަފްސާއިވެސް ސުވާލުނުކުރާށެވެ! އެސުވާލު އަމާޒުއެކުރެވެނީ ﷲ ތަޢާލާއަށްކަމަށްވާތީއެވެ. އެއީ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއް ނޫންވީމައެވެ.  

އަބަދުވެސް ދުޢާއަކަށް ހަދަންވީ: 

"ޔާ ﷲ! މިދުނިޔޭގައިވެސް މިއަޅާއަށް ކަންކަން ފަސޭހަކޮށްދެއްވަވާނދޭވެ! އަދި އާޚިރަތް ދުވަހު ސުވަރުގެ ވައްދަވާނދޭވެ! ދުނިޔޭގައި ހުރުމުން މިއަޅާއަށް ފައިދާކުރާނެ ހުރިހާ ދުވަހަކު މިއަޅާ ދުނިޔޭގައި ލަހައްޓަވާނދޭވެ! ދުނިޔޭގައި ހުރުމުން މިއަޅާއަށް ފައިދާއެއް ނެތި ހިނދުކޮޅަކުވެސް މިއަޅާ ދުނިޔޭގައި ނުބަހައްޓަވާނދޭވެ! އާމީން.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން