ޖިންނީންނާ ޖަނަވާރުންގެ ނުބައިކަމުން ތިބާ ރައްކާތެރިކޮށްދޭނެ ދުޢާއެއް!: ޝައިޚް ޢަޒީޒް ބިން ފަރްޙާން އަލް ޢަންޒީ

ކިޔުމަށް ހޭދަވާނީ 1މ 53ސ
ޖިންނީންނާ ޖަނަވާރުންގެ ނުބައިކަމުން ތިބާ ރައްކާތެރިކޮށްދޭނެ ދުޢާއެއް!: ޝައިޚް ޢަޒީޒް ބިން ފަރްޙާން އަލް ޢަންޒީ

ޢާއިޝަތު ރަފާޙް ޢަލީ

 

އޮސްޓްރޭލިއާގެ އަލް-އުޚްތު އަމަތުﷲ. ﷲ ތަޢާލާ އެކަމަނާއަށް ބަރަކާތް ލައްވާށިއެވެ. ކަމަނާ ތިޔަ އެދެނީ، ނުވަތަ ދުޢާ ކުރަނީ "އޭ އަﷲ! ތިމަންނާގެ ދަރިންނަށް ގެއްލުމެއް ދޭން އެދޭ ކޮންމެ މީހަކު، ތިމަންމެންނާ ދުރަށް ލައްވާނދޭވެ" ނުވަތަ މިފަދަ އެހެން ޢިބާރާތަކުން ދުޢާކުރުން ހުއްދަތޯއެވެ.

އޮސްޓްރޭލިއާގެ އަލް-އުޚްތު އަމަތުﷲ، ﷲ ކަމަނާއަށް ބަރަކާތް ލައްވާށިއެވެ. ޖަވާބަކީ އާނއެކެވެ. 

މިފަދައިން ދުޢާކުރުން ހުއްދައެވެ. اللَّهُمَّ مَنْ اَرَادَنِي وَأَوْلَادِي بِسٌوء اللَّهُمََ اِصْرِفْهُ عَنِّي

އޭ ﷲ އިބަރަސްކަލާނގެ ތިމަންއަޅާއަށާއި ތިމަންއަޅާގެ ދަރިންނަށް ނުބައިކަމަކަށް (ނުވަތަ ގެއްލުމަކަށް) އެދޭ މީހަކު، ތިމަންއަޅާއާ ދުރަށް ލައްވާނދޭވެ!"  

ނަމަވެސް، މިއަށްވުރެ ހެޔޮވެގެންވާ ގޮތެއް ތިބާއަށް ދައްކައިދެން ހެއްޔެވެ؟ މި ދުޢާ ދަސްކުރާށެވެ.  

اللَّهُمَّ اكْفِنِي شَرَّ كُلِّ ذِي شَرٍّ، نَاصِيَتُهُ بِيَدِكَ

(އޭ ﷲ! އިބަރަސްކަލާނގެ ހިއްޕަވާފައިވާ (އެބަހީ: އިބަރަސްކަލާނގެ ބާރުގެ ދަށުގައިވާ) އެންމެހައި ނުބައިކަންތައްތަކެއްގެ ނުބައިކަމުން ތިމަންއަޅާ ރައްކާތެރިކޮއްދެއްވާނދޭވެ!)

މިދުޢާއިން ފުދޭނެއެވެ. މީގެ ތެރޭގައި ޖިންނީން، އިންސާނުން، ސުއިޕާޔާއި ޖަނަވާރުން، ސޫފާސޫފި، ވަބާތައް (ބަލިމަޑުކަން) އަދި އެންމެހައި ތަކެތި ހިމެނެއެވެ. 

ﷲ ކަމަނާއަށް ބަރަކާތް ލައްވާށިއެވެ. ﷲ ކަމަނާ ރައްކާތެރިކުރައްވާށިއެވެ. އަދި ކަމަނާގެ ދަރިންވެސް ރައްކާތެރިކުރައްވާށިއެވެ.

 

- ޝައިޚް ޢަޒީޒް ބިން ފަރްޙާން އަލް ޢަންޒީގެ ދަރުސަކުން

- މިއަދުނޫސް

މިއަދު އޮންލައިން