އައު މާރުކޭޓު އެޅުމަށް އެއް މަސްތެރޭގައި ބިން ހުސްކުރުމުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
އައު މާރުކޭޓު އެޅުމަށް އެއް މަސްތެރޭގައި ބިން ހުސްކުރުމުގެ މަސައްކަތް ފަށައިފި

މާލޭގައި އަލަށް ތަރައްޤީކުރާ މާރުކޭޓް ކޮމްޕްލެކްސް އަޅާ ބިމުގެ ގޮޅިތަކުގައި މިހާރު ތިބި މީހުންނަށް ވަގުތީ ގޮތުން ތަނެއް ހަމަޖައްސައި، އައު މާރުކޭޓު އެޅުމަށްޓަކައި އެއް މަސްދުވަހުގެ ތެރޭގައި ބިން ހުސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މާލޭގައި ހިންގަމުންދާ މައި ހުރިހާ މާރުކޭޓްތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށްޓަކައި ތަރައްޤީކުރާ 6 ފަންގިފިލާގެ 'މާލެ މާރުކޭޓް ކޮމްޕްލެކްސް' ގެ މަސައްކަތަކީ މިވަގުތު މާލޭގައި ކުރިއަށްގެންދަން ނިންމާފައިވާ އެންމެ ބޮޑު އެއް މަޝްރޫޢެވެ. މި މަޝްރޫޢުގެ ދަށުން އައު އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ މިހާރު ލޯކަލް މާރުކޭޓު ހިންގަމުންދާ ބިމުގައެވެ.

126.4 މިލިޔަން ރުފިޔާގެ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރުމަށްޓަކައި ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. ނަމަވެސް މަސައްކަތް ހަވާލުކުރިތާ 5 މަސްދުވަސް ފާއިތުވެގެން ދިޔައިރުވެސް ޢަމަލީ މަސައްކަތް ފެށިފައި ނުވަނީ އެ މަސައްކަތަށް ބޭނުންވާ ބިން މާލެ ސިޓީ ކައުންސިލުން ހަވާލުނުކޮށްގެން ކަމަށް ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކުން ހާމަކުރެއެވެ.

މިއަދު އޮންލައިން