"އަމާން ދޯދި" އަދި "އަމާން އުދަރެސް" ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 49ސ
"އަމާން ދޯދި" އަދި "އަމާން އުދަރެސް" ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށް، އެންމެ ފަހުން މީހުން ދިރިއުޅެން ފެށި "އަމާން ދޯދި" އަދި "އަމާން އުދަރެސް" ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތްތައް ނިމިފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.

އެފްޑީސީ އިން މައުލޫމާތު ދިން ގޮތުގައި، މި ދެ މަޝްރޫއުގެ ހުރިހާ ޓަވަރެއްގައިވެސް ކެމެރާ ހަރުކުރުމާ ގުޅޭ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.

އެގޮތުން، އަމާން އުދަރެހުގެ ޓަވަރުތަކުގައި ކެމެރާތައް ހަރުކޮށް، ޓެސްޓުކުރުމުގެ އިތުރުން ސީސީޓީވީ ސިސްޓަމް އޮޕަރޭޝަނަށް ގެނައުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ވަނީ ފުރިހަމަކޮށްފައެވެ.

މީގެ އިތުރުން، އަމާން ދޯދީގެ ޓަވަރުތަކުގައި ކެމެރާ ހަރުކޮށް ނިމިފައިވާއިރު، މިހާރު އެ ޓަވަރުތަކުގައި ކުރިއަށްދަނީ ކެމެރާ ސިސްޓަމްތައް ޓެސްޓްކުރުމާއި، އޮޕަރޭޝަނަލް އިންތިޒާމްތައް ފުރިހަމަކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށް ވެސް އެފްޑީސީން ވަނީ ހާމަކޮށްފައެވެ.

މިއަދު އޮންލައިން