8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން އިންތިޒާމުކޮށްގެން ބާއްވާ 8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުޞަތު ރަސްމީކޮށް ހުޅުވާލައިފިއެވެ. މި ކޮންފަރެންސްގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚަކީ މި ހިނގާ މަހުގެ 29 ވަނަ ދުވަހެވެ.

މި ކޮންފަރެންސަކީ މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަންނީ ފަރާތްތަކުގެ މެދުގައި ދިރާސާ ކުރުމުގެ ސަގާފަތެއް ޤާއިމުކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. ބައިނަލްއަޤުވާމީ ފެންވަރުގައި ބާއްވާ މި ކޮންފަރެންސްގެ ސަބަބުން ތަޢުލީމީ ދާއިރާގައި ދިމާވާ ގޮންޖެހުންތަކާއި، އެ ކަންކަން ހައްލުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް، ކިޔަވައިދިނުން އިތުރަށް ހަރުދަނާ ކުރުމަށް ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މިއަހަރުގެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 އިން 13 އަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ޝަހީދު ޢަލީ ސްކޫލުގައެވެ. މި ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުދައްރިސުންނަށާއި، ސްކޫލްތަކުގެ އިސްވެރިންގެ އިތުރުން ތަޢުލީމީ ދާއިރާގެ އެކި ފަންނީ ބޭފުޅުންނަށް ވަނީ ހުޅުވާލެވިފައެވެ.

މިއަހަރުގެ ކޮންފަރެންސް ޚާއްސަކޮށްފައިވަނީ "ރީއިމޭޖް، ރީތިންކް، ރިފޯމް- އެޑްވާންސިން އިނޮވޭޝަން ފޯރ އޭން އިކުއިޓެބަލް އެންޑް ރެސިލިއަންޓް ފިއުޗަރ" މި ޝިއާރަށެވެ. އެންއައިއީއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ކޮންފަރެންސްގެ ތެރެއިން ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން 60 އަށްވުރެ ގިނަ ދިރާސާ ކަރުދާސް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން